ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއެއް ފަށައިފި

އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކތަ މިއަދު ކުރަނީ، މި މަޝްރޫއުގެ ދަށުން ދަނޑު ވަށައި ފެންސް ޖަހާނެ. އީޓީ ފޮޓޯ | ރާއިފް ޔޫސުފް
އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް މިއަދު ކުރަނީ، މި މަޝްރޫއުގެ ދަށުން ދަނޑު ވަށައި ފެންސް ޖަހާނެ. އީޓީ ފޮޓޯ | ރާއިފް ޔޫސުފް

ބ. އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއެއް މިއަދު ފަށައިފި އެވެ.

ފުޓްބޯޅަ ދަނޑު ތަރައްގީ ކުރަނީ ދަނޑުގެ އިރުމަތީ ވަށާ ފާރު އެއްކޮށް ތަޅާލައި ދަނޑާ މިސްކިތާ ދޭތެރޭ އޮތް މަގާ އެކު ދަނޑު ބޮޑުކޮށް، ވަށައިގެން ފެންސް ޖަހައިގެންނެވެ. އަދި އެތަން ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ދަނޑުގެ ދެކުނުން އޮތް ހުސްބިމުގައި ސްޕޯޓްސް އެރީނާއެއްވެސް ތަރައްގީ ކުރާނެ އެވެ.

އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި ފުޓްބޯޅަ ދަނޑު ތަރައްގީ ކުރަން މިއަދު ފެށި މި މަޝްރޫއުގެ ދަށުން ދަނޑު ވަށައި ފެންސް ޖަހާ ނިމޭއިރު ދަނޑާއި މިސްކިތާ ދޭތެރޭ އޮންނަ މަގު ބަންދުކޮށް އެ މަގު ދަނޑަށް އިތުރުވެގެންދާނެ އެވެ.

އަދި މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ސްޕޯޓްސް އެރީނާގައި ހޭންޑްބޯލް، ނެޓްބޯލް އަދި ބަށި ކުޅުމަށް ޙާއްސަ ކޯޓްތަކެއްވެސް ގާއިމު ކުރެވޭނެ ކަމަށް ރަށު ކައުންސިލުން ބުންޏެވެ.

އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކތަ މިއަދު ކުރަނީ، މި މަޝްރޫއުގެ ދަށުން ދަނޑު ވަށައި ފެންސް ޖަހާނެ. އީޓީ ފޮޓޯ | ރާއިފް ޔޫސުފް
އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް މިއަދު ކުރަނީ، މި މަޝްރޫއުގެ ދަށުން ދަނޑު ވަށައި ފެންސް ޖަހާނެ. އީޓީ ފޮޓޯ | ރާއިފް ޔޫސުފް

ރަށު ކައުންސިލުން ބުނީ މި މަޝްރޫއުގެ ތެރެއިން ކުރިން ރެސްޓްރަމެއްގެ ގޮތުގައި ދަނޑުގެ ހުޅަނގު ފަރާތުން ބޭނުންކުރި ސަރަހައްދުގެ ފާރު އުސްކޮށް، ބޯޅަގެއާ ދިމާއިން އިތުރު ދޮރެއް ކަނޑަން ނިންމާފައިވާ ކަމަށްވެސް މިރަށު ކައުންސިލުން ބުންޏެވެ.

އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް މިއަދު ފެށިއިރު، ޒުވާނުންގެ އެދުމުގެ މަތިން އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އޭނާގެ އަމިއްލަ ޚަރަދުގައި އެ ދަނޑުގައި ޓާފު އަޅުއްވައިދެއްވާނެ ކަމަށްވަނީ ވިދާޅުވެފަ އެވެ.

ކައުންސިލުން ބުނީ ދަނޑުގައި ޓާފު އެޅޭނީ ދަނޑު ބޮޑުކޮށްގެން ކަމަށާއި އެހެންވެ މިއަދު ފެށި މި މަޝްރޫއަކީ އެކަމަށް ވިސްނައިގެން ރޭވި މަސްރޫއެއް ކަމަށެވެ.

ރަށު ކައުންސިލުން ބުނިގޮތުގައި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެއްމިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.