އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތް ކިހާދޫ ކާމިޔާބުކޮށްފި

އިންވިޓޭޝަން ކަޕްގެ ޗެމްޕިއަން ކިހާދޫ ޓީމު ތައްޓާއެކު އުފާ ފާޅުކުރަނީ- އީޓީ ފޮޓޯ / ރާއިފް ޔޫސުފް

އަތޮޅުގެ ރަށްތަކަށް ދައުވަތުދީގެން ދޮންފަނުގައި ކުރިއަށްދިޔަ “ދޮންފަނު އިންވިޓޭޝަން ކަޕް” 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކިހާދޫ ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ކިހާދޫ ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ލަނޑު މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ޙުސައިން އިކްލީލް އެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އެކު ކުޅުނު މި މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެޓީމަށްވެސް ވަނީ ލިބިފައެވެ. މެޗު ފެށިގެން ދަރަވަންދޫ ޓީމުން މޮޅަށް ކުޅުނު ނަމަވެސް ކިހާދޫ ޓީމުން ވަނީ އެޓީމުގެ ކުޅުން ރަގަޅުކޮށް ލަނޑުޖަހާނެ ފުރުސަތުތައް ތަނަވަސް ކޮށްފައެވެ.

މިގޮތުން ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ކިހާދޫ ޓީމުގެ ޢަލީ އަނީސްއަށް ވަނީ ލަނޑުޖަހަން ހުސް ފުރުސަތެއް ލިބިފައެވެ. އަދި ދެވަނަ ހާފު ފެށިގެން އެޓީމުގެ އިކްލީލްއަށްވެސް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. ދަރަވަންދޫ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެޓީމުގެ ސާމިހު ޢަލީ ޝަރީފް ފޮނުވާލި ބާރު ބޯޅަ ކިހާދޫ ކީޕަރު ވަނީ މަތަކޮށްފައެވެ. އޭގެ ފަހުންވެސް ލަނޑު ޖަހަން ސާމިހުއަށް ލިބުނު ހުސް ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިހާދޫ ޓީމުގެ ކެޕްޓަން ޙުސައިން އީމާން (މާނު) އެވެ.

މެޗަށްފަހު ކިހާދޫ ޓީމުގެ ކޯޗު މުޙައްމަދު ނިޔާޒް “އީޓީ” އާ ވާހަކަދައްކަމުން ބުނީ މިއީ ކިހާދޫއަށް ފަހުގެ ތާރީހެއްގައި ލިބުނު އެންމެ ބޮޑު ކާމިޔާބުކަމަށެވެ.

“މިއީ ވޭތުވެދިޔަ 10 އަހަރުތެރޭ ލިބުނު އެންމެ ބޮޑު ކާމިޔާބީ، މިއީ ކިހާދޫގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މިކުޅުންތެރިންނަކީ ކުރިއަށް އޮތްތަނުގައި ކިހާދޫ ތަމްސީލު ކުރާނެ ކުދިން. މި ކާމިޔާބީ މި ހޯދުނީ ރަށުގެ ރައްޔިތުން ދިން ފުރިހަމަ ސަޕޯޓާވެސް އެކު.”

މިއީ މި މުބާރާތް ކުރިއަށް ގެންދިޔަ ފުރަތަމަ އަހަރެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރި ވެފައިވަނީ 4 ރަށަކުންނެވެ.

އިންވިޓޭޝަން ކަޕް ފައިނަލް މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.