ބ އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް މާޗުމަހު ބާއްވަނީ

އޭދަފުށީ ކްލަބް ދަ ބިގިނާސް (ޓީބީ) އިން ބ. އަތޮޅަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު ފުޓްސަލު މުބާރާތް އަންނަ މާޗުމަހު ބާއްވަން ނިންމައިފި އެވެ.

މި މުބާރާތަކީ 2012 ވަނަ އަހަރުގެ އަޟްހާ އީދުގައި އޭދަފުށީގައި އޮތް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެ ދުވަހު ހަވީރު ޕްރެކްޓިސް ކުރަމުން ދަނިކޮށް ދަނޑު މަތީގައި މަޑުކޮށްގެން ހުއްޓައި ހާޓް އެޓޭކެއް ޖެހިގެން ނިޔާވި ބ. އޭދަފުށީ ހަލީމާމަންޒިލް، މަރުހޫމް އަހްމަދު ޝާހީން (ޖޯއީ)، ގެ ހަނދާނުގައި ޓީބީން ބާއްވަމުން އަންނަ މުބާރާތެކެވެ.

މިދިޔަ އަހަރުތަކާ ޚިލާފަށް މިއަހަރު ވަނީ މި މުބާރާތަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން “އަލްމަރުޙޫމް އަޙުމަދު ޝާހީން ފުޓްސަލް ޗެލެންޖް” ގެ ނަމުގައި 2014 ވަނަ އަހަރު ފެށި މި މުބާރާތުގެ ނަން މިއަހަރު ވަނީ ބ. އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖް ގެ ނަމަށް ބަދަލުކޮށްފަ އެވެ.

އޭގެ އިތުރުން މުބާރާތުގެ ވާދަވެރިކަން އިތުރުކުރުމުގެ ގޮތުން މުބާރާތުގެ ތަށި އަލުން ޑިޒައިންކޮށް މިލްކުވާ ތަށްޓަކަށްވަނީ ބަދަލުކޮށްފަ އެވެ. އަދި މުބާރާތުގެ ވަނަތަކަށް ދޭ އިނާމްތަކަށް ބަދަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ކްލަބުން ބުންޏެވެ.

ޓީބީން ބުނި ގޮތުގައި މި މުބާރާތް އެ ކްލަބުން ބާއްވަނީ އަތޮޅު ލެވެލްގައި ފުޓްސަލް ކުރިއެރުވުމާއި އަތޮޅު ލެވެލްގައި ފުޓްސަލް ކުޅުންތެރިން އުފެއްދުމުގެ ބޭނުމުގަ އެވެ. އަދި ބ. އަތޮޅުގެ ރިސޯޓްތަކާއި ރަށްރަށުގެ ފުޓްސަލް ޓީމްތަކުގެ މެދުގައި އެކުވެރިކަމާއެކު ވާދަވެރި ފުޓްސަލް މެޗްތަކެއް ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުންވެސް އެ ކްލަބުން މި މުބާރާތް ބާއްވާ މަގުސަދު ތަކުގެ ތެރޭގައި ހިމެނެ އެވެ.

“އޭގެ އިތުރުން، އަތޮޅުގެ އެންމެހައި ރައްޔިތުންގެ މެދުގައި އިޖްތިމާއީ ރޫޙާއި ކުޅިވަރުގެ ރޫހް އާލާކުރުމާއި އެކުވެރިކަމާއެކު މަސައްކަތް ކުރުމުގެ ރޫޙް އާލާ ކުރުމާއި ރާއްޖޭގައި ފުޓްސަލް ކުރިއެރުވުމާއި ފުޓްސަލްގެ ހުނަރު އިތުރުކުރުންވެސް މުބާރާތް ބާއްވާ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ،” ޓީބީން ބުންޏެވެ.

މުބާރާތާ ގުޅޭ އިތުރު މައުލޫމާތު:

• މުބާރާތް އޮންނާނީ މާޗު 1 އިން 14 ގެ ނިޔަލަށް އޭދަފުށީގައި
• މުބާރާތުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 12 ޓީމް
• އިތުރު މައުލޫމާތު ހޯދުމަށް ގުޅާނެ ނަންބަރު؛ 7774245 ، 7784775

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.