ސައްޕޭ އާއި ނިޒާމް ގްރީން ސްޓްރީޓަށް، ހައިޝަމް މާޒިޔާއަށް

big_kqokawh26vp5su4

ފުރަތަމަ ޑިވިޝަނުގައި ކުޅޭ ބ. އަތޮޅަށް ނިސްބަތްވާ ތިން ކުޅުންތެރިއަކު ކުރިއަށް އޮތް ސީޒަނަށް ކްލަބް ބަދަލުކޮށްފި އެވެ.

އޭދަފުއްޓަށް އުފަން ތަޖުރިބާކާރު ކުޅުންތެރިޔާ މުޙައްމަދު ޝައްފާޒް (ސައްޕޭ) މި ސީޒަނުގައި ފެންނާނީ ގްރީން ސްޓްރީޓުންނެވެ. މިދިޔަ ސީޒަނުގައި ޓީސީއަށް ކުޅުނު ސައްޕޭ އަކީ ފުރަތަމަ ޑިވިޝަންގެ ގިނަ ޓީމުތަކަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

ސައްޕޭއާއެކު ޓީސީ ދޫކޮށް ގްރީން ސްޓްރީޓަށް ދެން ބަދަލުވީ ބ.ފެހެންދޫއަށް ނިސްބަތްވާ އަޙްމަދު ނިޒާމް (ނިޒާމްބެ) އެވެ. ނިޒާމް ވަނީ މިދިޔަ ސީޒަނުގައި ޓީސީގައި މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ގައުމީ މުބާރާތުގެ ފައިނަލަށް ޓީސީ ގެންގޮސްދިން މެޗުގައި ނިޒާމް ވަނީ މާޒިޔާ ކޮޅަށް މުހިއްމު ގޯލެއް ޖަހާފައެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީގައި ދެއްކި މޮޅު ކުޅުމާއެކު ބ.ހިތާދޫއަށް އުފަން ޢަލީ ހައިޝަމް މިފަހަރު ފެންނާނީ މާޒިޔާއިންނެވެ. އަރިމަތިން މޮޅަށް ކުޅޭ ހައިޝަމް މާޒިޔާއަށް ބަދަލުވިކަން އެ ކްލަބުން ވަނީ ޔަގީންކޮށްދީފައެވެ. މީގެ ކުރިން ނިއު ރޭޑިއަންޓަށްވެސް ކުޅުނު ހައިޝަމްއަކީ މިދިޔަ ސީޒަނުގައި ބޮޑު ކުރި އެރުމެއް ހޯދި ކުޅުންތެރިއެކެވެ. އަދި ގައުމީ މުބާރާތުގައި ސ. ފޭދޫ ކޮޅަށް ހައިޝަމް ޖެހި ގޯލަކީ މިދިޔަ ސީޒަނުގައި ފެނުނު އެންމެ ރީތި އެއްގޯލެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.