އާ ސީޒަނަށް ހަމްޕު ބޮޑު އުއްމީދެއްގައި

މިދިޔަ ފުޓްބޯޅަ ސީޒަންގައި ވިކްޓްރީ އާއި ނިއުރޭޑިއަންޓް ބައްދަލުކުރި މެޗެއްގައި ހަމްޕު ބޯޅަ ކޮންޓްރޯލް ކުރަނީ
މިދިޔަ ފުޓްބޯޅަ ސީޒަންގައި ވިކްޓްރީ އާއި ނިއުރޭޑިއަންޓް ބައްދަލުކުރި މެޗެއްގައި ހަމްޕު ބޯޅަ ކޮންޓްރޯލް ކުރަނީ — ފޮޓޯ: ނިޝާން އަލީ / މިހާރު

މިއަހަރުގެ ފުޓްބޯޅަ ސީޒަނާ ކުރިމަތިލަނީ ކެރިއަރުގައި ކާމިޔާބު އަހަރަކަށް ހެދުމަށް ކަމަށް އޭދަފުއްޓަށް އުފަން ޒުވާން ކުޅުންތެރިޔާ ހަމްޒާ މުޙައްމަދު (ހަމްޕު) 21، ބުނެފިއެވެ.

“އީޓީ” އަށް ދިން އިންޓަވިއުއެއްގައި ހަމްޕު ބުނީ މިއަހަރު ކާމިޔާބު ސީޒަނަކަށް ހެދޭނެ ކަމުގެ އުއްމީދު ބޮޑުކަމަށެވެ.

“މި ސީޒަނާ ކުރިމަތިލަނީ ވަރަށް ބޮޑު އުއްމީދަކާއެކު. ސެންޓޭ އަލުން ޓީމާ ގުޅުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް. ޓީމަށް މިހާރު އައިސްފައިވާ ބަދަލާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. ކުޅުންތެރިން އިތުރުވެ ތައްޓަށް ވާދަކުރެވޭ ވަރަށް ޓީމު ވަރުގަދަ ވެއްޖެ. އިރާދަކުރެއްވިއްޔާ ސަޕޯޓަރުން ހިތްހަމަ ޖެހޭފަދަ ކުޅުމެއް ޓީމުން މިފަހަރު ފެންނާނެ،” 2014 ވަނަ އަހަރުން ފެށިގެން ނިއުއަށް ކުޅެމުން އަންނަ ހުނަރުވެރި ކުޅުންތެރިޔާ ބުންޏެވެ.

މިދިޔަ ސީޒަނުގައި ނިއުރޭޑިއަންޓް ބަލިކަށިކޮށް ފެނުނު ނަމަވެސް މިއަހަރު އެ ޓީމު ފެންނާނީ އެންމެ ވަރުގަދަ އެއްޓީމުގެ ގޮތުގަ އެވެ. ސެންޓޭގެ އިތުރުން ދަގަނޑޭގެވެސް ނިއުއިން ފެންނާނެ ކަމަށް ވަނީ ބެލެވިފައެވެ. މީގެ އިތުރުން ނިއުއިން ވަނީ ބިދޭސީ ކޯޗަކާއި ފެންވަރު ރަގަޅު ބިދޭސީ ކުޅުންތެރިންވެސް ގެނެސްފަ އެވެ.

މިދިޔަ އަހަރު ނިއުގައި ކާމިޔާބެއް ނުލިބުނު ނަމަވެސް ހަމްޕު ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. 2014 ވަނަ އަހަރު އެއްވަނަ ޑިވިޝަނުގައި ކުޅެންފެށި ހަމްޕު އަކީ މިހާރު ގައުމީ ޓީމުންވެސް ގަވައިދުން ޖާގަ ހޯދަމުން އަންނަ ކުޅުންތެރި އެކެވެ. ހަމްޕު ވަނީ ހަވީރުން ހޮވި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް 2015 ވަނަ އަހަރު ހޯދާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.