އޭދަފުށީ ވެޓަރަންސް ޓީމު ދަނޑަށް، މިއީ ފެށުމެއް

އޭދަފުށީގެ ކުރީގެ ކުޅުންތެރިން ހިމެނޭ ޓީމުން މިދިޔަ އަހަރު ފަހުކޮޅު ދޮންފަނުގަިއ ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗުގެ ތެރެއިން-- އީޓީ ފައިލް ފޮޓޯ
އޭދަފުށީގެ ކުރީގެ ކުޅުންތެރިން ހިމެނޭ ޓީމުން މިދިޔަ އަހަރު ފަހުކޮޅު ދޮންފަނުގަިއ ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗުގެ ތެރެއިން– އީޓީ ފައިލް ފޮޓޯ

އަށްޑިހައިގެ ފަހުކޮޅުގެ އަހަރުތަކުގައި އެއްވަނަ ޑިވިޝަނުގައި ވާދަކުރި އޭދަފުށީ ފުޓްބޯޅަ ޓީމުގައި ހިމެނުނު މުހިއްމު ބައެއް ކުޅުންތެރިންނާއިއެކު ވެޓަރަންސް ޓީމު ދަނޑަށް ނިކުންނަން ތައްޔާރުވެއްޖެ އެވެ.

ވެޓަރަންސް ޓީމު އެކުލަވާލުމަށްފަހު އެކުވެރިކަމުގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. މި މެޗުގައި އޭދަފުށީ ޓީމު ބައްދަލުކުރާނީ ހިންނަވަރު ވެޓަރަންސް ޓީމާއެވެ. މި މެޗު ކުޅޭނީ ހިންނަވަރުގަ އެވެ.

ވެެޓަރަންސް ޓީމު ހިންގުމުގައި މިވަގުތު އިސްކޮށް އުޅުއްވާ އަޙްމަދު ނާސިރު
ވެެޓަރަންސް ޓީމު ހިންގުމުގައި މިވަގުތު އިސްކޮށް އުޅުއްވާ އަޙްމަދު ނާސިރު

ވެޓަރަންސް ޓީމު ހިންގުމުގައި މިވަގުތު އިސްކޮށް އުޅުއްވާ އަޙްމަދު ނާސިރު ވިދާޅުވީ މިއީ ވެޓަރަންސް ޓީމުގެ ފެށުމެއް ކަމަށެވެ. ޓީމު އެކުލަވާލުމުގެ މަޤްސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމާއި އެންމެން އެކުގައި މަސައްކަތް ކުރުންކަމަށް އޭނާ ބުންޏެވެ. އަދި ވަރަށް އަވަހަށް ކްލަބެއްގެ ގޮތުގައި ޓީމު ރަޖިސްޓްރީކޮށް ބޮޑެތި މުބާރާތްތަކުގައި ވާދަކުރާނެ ކަމަށްވެސް ޓީމުން ބުނެ އެވެ.

“މިއީ ހަމަ ފެށުމެއް، ފުރަތަމަ މެޗު މިއޮތީ ހިންނަވަރުގައި. އަދި އިތުރު މެޗުތައްވެސް ވަނީ ތާވަލް ކުރެވިފައި. މި ޓީމުގެ އަމާޒަކީ ރާއްޖޭގެ ފެންވަރުގެ މުބާރާތްތަކުގައި އަދި ރާއްޖޭން ބޭރަށް ދާންޖެހޭ ފެންވަރަށްވެސް ޓީމު ތަރައްގީކުރުން. ޓީމުގައި އޭރު އޭދަފުށީ ޓީމުގައި ވިދާލި މުހިއްމު ކުޅުންތެރިން ހިމެނޭނެ. އޭގެ އިތުރުންވެސް ބައެއް ކުޅުންތެރިން މި ޓީމުގަ ހިމެނޭނެ. ޓީމުން މިހާރު ޕްރެކްޓިސްވެސް ކުރަމުން މިދަނީ،”

އޭދަފުށީ ވެޓަރަންސް ޓީމު ޕްރެކްޓިސްގައި
އޭދަފުށީ ވެޓަރަންސް ޓީމު ޕްރެކްޓިސްގައި

ވެޓަރަންސް ޓީމުގައި ހިމެނޭ އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ ރާއްޖެއަށް ފުރަތަމަ ރިހިމެޑަލް ހޯދައިދިން ޓީމުގައި ހިމެނުނު ޢަބްދުލް ވާހިދު ޙުސައިން އެވެ. މީގެ އިތުރުން އޭރު އޭދަފުށީ ޓީމުގެ ފޯވާޑް ލައިންގައި މޮޅު ކުޅުމެއް ދެއްކި އަޙްމަދު ރިޟާ އާއި 15 އަހަރު އެއްވަނަ ޑިވިޝަނުގައި ކުޅެފައިވާ އިބްރާހީމް ފައުޒީ ހިމެނެ އެވެ.

1982 ވަނަ އަހަރު މާލޭގައި އޮތް ގައުމީ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި އޭދަފުށީ ފުޓްބޯޅަ ޓީމް- ފޮޓޯ / އަހްމަދު ނާސިރު
1982 ވަނަ އަހަރު މާލޭގައި އޮތް ގައުމީ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ތިން ޓީމުގެ ތެރެއިން އެއް ޓީމް- ފޮޓޯ / އަހްމަދު ނާސިރު

އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ނަމުގައި އެއްވަނަ ޑިވިޝަނުގައި ވާދަކޮށްފައިވަނީ 1986 އިން 1992 ވަނަ އަހަރާއި ހަމައަށެވެ.

ހިންނަވަރާ ބައްދަލުކުރާ މެޗަށް ޓީމު ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ (ހުކުރު ދުވަހު) މެންދުރުފަހު 1:45 ގައެވެ. އެއަށްފަހު ކިހާދޫ އަދި ހިތާދޫއާވެސް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ރާވަމުންދާކަމަށް ޓީމުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.