އޭދަފުށީ ޓީމުގެ އިތުބާރު ކީޕަރު ޒިޔަޒަން ނިއު ރޭޑިއަންޓަށް

15978525_10155675934644392_435380325_n

މިނިވަން ޗެމްޕިއަންޝިޕް އޭދަފުއްޓަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ޢަބްދުﷲ ޒިޔަޒަން އެނބުރި ނިއު ރޭޑިއަންޓަށް ކުޅެން ސޮއި ކޮށްފިއެވެ.

ޒިޔަޒަން ނިއުއަށް ބަދަލުވިކަން އެ ކްލަބުން ކުރި ޓްވީޓެއްގައި ވަނީ ޔަގީންކޮށްދީފައެވެ. ޒިޔަޒަން ވަނީ 2010 އަދި 2011 ވަނަ އަހަރުވެސް ނިއު ރޭޑިއަންޓަށް ކުޅެފަ އެވެ.

މީގެ ކުރިން 8 އަހަރު އެއްވަނަ ޑިވިޝަންގެ އެކި ކްލަބްތަކަށް ކުޅުނު ޒިޔަޒަންގެ ކުޅުން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ނިމިގެންދިޔަ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އޭދަފުށީ ޓީމުގައި ދެއްކި މޮޅު ކުޅުމާއެކުއެވެ. އެ މުބާރާތުގެ ތަށި އޭދަފުށި ކާމިޔާބު ކުރިއިރު ޒިޔަޒަންގެ މޮޅު ކުޅުމަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފައެވެ.

އޭދަފުށި ޓީމުގެ ކީޕަރު ދަނޑުގައި މަޑުކޮށްލައިގެން:.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭދަފުށި ޓީމުގެ ކީޕަރު ދަނޑުގައި މަޑުކޮށްލައިގެން:.– ފޮޓޯ: ނިޝާން އަލީ/ މިހާރު

“އީޓީ” އާ ވާހަކަދައްކަމުން ޒިޔަޒަން ބުނީ ނިއުއަށް ބަދަލުވީ މެނޭޖްމަންޓްވެސް ރަގަޅުވެފަ އޭނާ އެންމެ ކުޅެން ބޭނުންވާ ކްލަބަކީ ނިއު ކަމަށް ވާތީކަމަށެވެ. އެއްވަނަ ޑިވިޝަން ފުޓްބޯޅައިން ޒިޔަޒަން ބްރޭކެއް ނެގީ 2014 ވަނަ އަހަރު އޭނާގެ އަތް ބިންދައިގެން ދިއުމުންނެވެ.

“ނިއުއަށް އަބަދުވެސް ކުޅޭ ހިތްވޭ. އެހެންވެ މި ފުރުސަތުގެ ބޭނުން ހިފީ. އިމްރާންއާ އެކު މަސައްކަތް ކުރަން ފުރުސަތު ލިބުމަކީވެސް ލިބުނު ހިތްހަމަ ޖެހުމެއް. ޓީމުގެ މެނޭޖްމަންޓްވެސް ވަރަށް ރަގަޅު”

ޒިޔަޒަން އޭނާގެ ފުޓްބޯޅަ ކެރިއަރ ފެށީ 2007 ވަނަ އަހަރު ކްލަބް ވިޔަންސާއިންނެވެ. ތިން އަހަރު އެ ޓީމަށް ކުޅުމަށްފަހު 2010 ވަނަ އަހަރު ޒިޔަޒަން ނިއުއަށް ބަދަލުވިއެވެ. 2 އަހަރު ނިއުގައި ހޭދަކުރުމަށްފަހު 2012 އަދި 2013 ވަނަ އަހަރު ކުޅުނީ ވީބީ އައްޑޫ އެފްސީ އަށެވެ. 2014 ވަނަ އަހަރު އޭވައިއެލްއަށް ކުޅުނުއިރު 2015 ވަނަ އަހަރު ޒިޔަޒަން ފެނުނީ އޭރު ދެވަނަ ޑިވިޝަނުގައި ވާދަކުރި ގްރީން ސްޓްރީޓުންނެވެ. އެއަށްފަހު މިދިޔަ އަހަރު އޭނޭ ބެލެހެއްޓީ އޭދަފުށީ ޓީމުގެ ގޯލެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.