ހިންނަވަރުގެ މައްޗަށް ވެޓަރަންސް ޓީމަށް ފަސޭހަ މޮޅެއް

އޭދަފުށީ ވެޓަރަންސް ޓީމު މިއަދު ހިންނަވަރާއެކު ކުޅުނު މެޗުގެ ތެރެއިން
އޭދަފުށީ ވެޓަރަންސް ޓީމު މިއަދު ހިންނަވަރާއެކު ކުޅުނު މެޗުގެ ތެރެއިން

އޭދަފުށީ ވެޓަރަންސް ޓީމާއި ހިންނަވަރު ވެޓަރަންސް ޓީމު މިއަދު ހަވީރު ހިންނަވަރުގައި ކުޅުނު އެކުވެރިކަމުގެ މެޗު ފަސޭހަ ކަމާއެކު އޭދަފުށީ ޓީމު ކާމިޔާބު ކޮށްފިއެވެ. މިއަދުގެ މެޗު ވެޓަރަންސް ޓީމު ކާމިޔާބު ކުރީ 5-1 އިންނެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ހިންނަވަރު ޓީމުންނެވެ. ނަމަވެސް އޭދަފުށި ޓީމުން ވަނީ ފަހަތުން އަރައި ފަސް ގޯލު ޖަހާފައެވެ. އޭދަފުށީ ޓީމުގެ ފުރަތަމަ ގޯލު ޖެހީ މުޙައްމަދު އިކްރާމް އެވެ. ދެވަނަ ގޯލު މުޙައްމަދު އިމްރާން ކާމިޔާބު ކުރިއިރު ތިންވަނަ ގޯލު ޖެހީ މުޙައްމަދު އާރިފް އެވެ. ޓީމުގެ ފަހު ދެ ލަނޑު ޖެހީ މިމެޗަށް ޓީމާއި ގުޅުނު އިސްމާޢީލް ޝަރީފް އެވެ.

އޭދަފުށީ ވެޓަރަންސް ޓީމު މިއަދު ހިންނަވަރާއެކު ކުޅުނު މެޗުގެ ތެރެއިން
އޭދަފުށީ ވެޓަރަންސް ޓީމު މިއަދު ހިންނަވަރާއެކު ކުޅުނު މެޗުގެ ތެރެއިން

އޭދަފުށީ ވެޓަރަންސް ޓީމުން ބުނީ މިއަދުގެ މެޗު ދިޔައީ ވަރަށް ރަގަޅަށް ކަމަށާއި، ކުރިއަށް އިތުރު މެޗުތައް ރާވައި ޓީމުގެ ކުޅުން އިތުރަށް ރަގަޅު ކުރާނެ ކަމަށެވެ. އޭދަފުށީ ވެޓަރަންސް ޓީމު އެކުލަވާލާފައިވަނީ އަށްޑިހައިގެ ފަހުކޮޅު އެއްވަނަ ޑިވިޝަނުގައި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއަށް ކުޅުނު މުހިއްމު ކުޅުންތެރިން ހިމަނައިގެންނެވެ.

މިއީ ވެޓަރަންސް ޓީމު ކުޅުނު އެކުވެރިކަމުގެ ފަސްވަނަ މެޗެވެ. މިޓީމުގެ މެޗެއް ދެން އޮންނާނީ މިމަހު ފަހުކޮޅު އެވެ. މިމެޗުގައި ބައްދަލުކުރާނީ ކިހާދޫ ވެޓަރަންސް ޓީމާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.