އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފްވެރި އެވޯޑް ސެންޓޭއަށް

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ހޮވުނު ޢަލީ ފާސިރު- ފޮޓޯ: ޢަލީ ނަޞީރު، ޕީއެސްއެމް
އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ހޮވުނު ޢަލީ ފާސިރު- ފޮޓޯ: ޢަލީ ނަޞީރު، ޕީއެސްއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ފުޓްބޯޅަ ހަބަރުތައް ގެނެސްދޭ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ މޯލްޑިވްސް ފުޓްބޯލް ގުޅިގެން މިރޭ ބޭއްވި ހަފްލާގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ޝަރަފްވެރި އެވޯރޑް އޭދަފުއްޓަށް އުފަން ޢަލީ ފާސިރު (ސެންޓޭ) ހޯދައިފިއެވެ.

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއްދެއްކި ސެންޓޭއަށް މި މާގާމް ލިބުނީ މާޒިޔާގެ އަސަދުﷲ ޢަބްދުﷲ އާއި ކްލަބް އީގަލްސް ގެ އިމްރާން ނަޝީދު އާއި ވާދަކޮށެވެ. ސެންޓޭއަށް އެވޯރޑް ހަވާލުކޮށްދެއްވީ އެފްއޭއެމް ގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

15966261_1884805548406540_3097891774924281880_n

ސެންޓޭ ވަނީ މިދިޔަ ސީޒަނުގައި 34 ގޯލު ޖަހައިގެން އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާއަށްދޭ ރަންބޫޓުވެސް ހޯދާފައެވެ. މިދިޔަ ސީޒަނުގެ ހުރިހާ މުބާރާތެއްގެ ދެވަނަ ޓީސީން ހޯދުމުގައި ސެންޓޭ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަދި ދިވެހި ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ސެންޓޭ ވަނީ ހޯދާފައެވެ. ސެންޓޭ މިދިޔަ ސީޒަނުގައި ދެއްކި ކުޅުމަށް ރާއްޖޭގެ ގިނަ ކޯޗުންނާއި ކުޅުންތެރިންގެ އިތުރުން ފުޓްބޯޅަ ބެލުންތެރިން ވަނީ ތައުރީފު ކޮށްފައެވެ. އަދި މި މަގާމް ހޯދާނެކަމަށް އެންމެ ބޮޑަށް ބެލެވުނީވެސް ސެންޓޭ އެވެ. މިއަހަރު ސެންޓޭ ފެނިގެންދާނީ ނިއުރޭޑިއަންޓްގެ ޖޯޒީގައެވެ.

މިއީ ފުޓްބޯޅައިގެ ދިގު ތާރީހެއް އޮންނަ އޭދަފުށީ ކުޅުންތެރިއަކަށް މި މަޤާމް ލިބުނު ފުރަތަމަ ފަހަރެވެ. ސެންޓޭ ވަނީ 2014 ވަނަ އަހަރުވެސް މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކޮށް ދެވަނަ ހޯދާފައެވެ. ސެންޓޭ މި ހޯދި ފަހުރުވެރި ކާމިޔާބީއަށް “އީޓީ” ގެ ފަރާތުން މަރުހަބާ ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.