މިނިވަން ޗެމްޕިއަންޝިޕް މާޗް މަހު، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި އޭދަފުށި ޓީމާއި ތިމަރަފުށި ކުޅުނު މެޗުގައި މުހައްމަދު ފާސިރު ބޯޅަ ކުރިއަށް ފޮނުވާލަނީ.  މިއަހަރުގެ މުބާރާތަށް މިހާރުވަނީ ފުރުސަތު ހުޅުވާލައިފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި އޭދަފުށި ޓީމާއި ތިމަރަފުށި ކުޅުނު މެޗުގައި މުހައްމަދު ފާސިރު ބޯޅަ ކުރިއަށް ފޮނުވާލަނީ. މިއަހަރުގެ މުބާރާތަށް މިހާރުވަނީ ފުރުސަތު ހުޅުވާލައިފައި.– ފޮޓޯ: ނިޝާން އަލީ/ މިހާރު

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މާޗު 15 ގައި ފަށާ ގޮތަށް ހަމަޖައްސައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވާ ރަށްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން އެރަށެއްގެ ކައުންސިލް އިދާރާ މެދުވެރިކޮށް ލިޔުން ހުށަހަޅަން ޖެހެއެވެ. ބައިވެރިވާން ހުށަހަޅާއިރު ކައުންސިލުން ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު ހިމަނަންޖެހެ އެވެ. މިއަހަރުވެސް ޓީމު ލިސްޓު ހުށަހަޅާއިރު 21 އަހަރުން ދަށުގެ މަދުވެގެން 7 ކުޅުންތެރިން ހިމަނަންޖެހެ އެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް އަތޮޅަކުން ދެ ޓީމަށްވުރެ ގިނައިން ބައިވެރިވެއްޖެ ނަމަ މުބާރާތް ކުޅޭނީ އެ އަތޮޅެއްގައި ކަނޑައަޅާ ވަކި ރަށެއްގަ އެވެ. އަތޮޅު ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ޒޯން މުބާރާތް މިއަހަރު ކުރިއަށްދާނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

ޒޯން ޗެމްޕިއަނުންގެ މެޗުގައި ކުޅެވޭ ލީގު މިފަހަރު އޮންނާނީ މާލޭގައެވެ. 2015 އަހަރު ފެށި މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރު ކުޅެފައިވަނީ ހދ. ކުޅުދުއްފުށި އަދި އައްޑޫ ސިޓީގަ އެވެ. މިދިޔަ އަހަރު ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރު ކުޅެފައިވަނީ ތ. ތިމަރަފުށި އަދި ދ. ކުޑަހުވަދޫ ގައެވެ.

އެފްއޭއެމް އިން މައުލޫމާތު ދިންގޮތުގައި އަތޮޅު މުބާރާތާއި ޒޯން މުބާރާތް އެއް މަސްދުވަހަށްވުރެ ދިގު ދެމިގެން ނުދާނެ އެވެ. ފުޓްބޯޅައިގެ ކަލަންޑަރަށް ގެނައި ބޮޑު ބަދަލާއި އެކު މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ސެމީއަށްދާ 4 ޓީމަށް ޖުލައިމަހު ފަހުކޮޅު ފަށާ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ.

މިނިވަން ޗެމްޕިއަންޝިޕް މިދިޔަ އަހަރު ކާމިޔާބު ކުރީ އޭދަފުއްޓެވެ. ފައިނަލުގައި ތިމަރަފުށީގެ މައްޗަށް އޭދަފުށި ކުރި ހޯދީ 1-0 އިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.