ބަހިއްޔާ ޕްރީ ސްކޫލުގެ ބައެއް މައި ކޮލެޖަށް ދީފި

އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލް. އެތަނުގެ ފުރަތަމަ ފްލޯގައި މަތީ ތައުލީމުދޭ މަރުކަޒެއް ހިންގަން މައި ކޮލެޖަށް ވަނީ ދީފައި. ފޮޓޯ / އީޓީ ފައިލް ފޮޓޯ
އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލް. އެތަނުގެ ފުރަތަމަ ފްލޯގައި މަތީ ތައުލީމުދޭ މަރުކަޒެއް ހިންގަން މައި ކޮލެޖަށް ވަނީ ދީފައި. ފޮޓޯ / އީޓީ ފައިލް ފޮޓޯ

ބ. އޭދަފުށީ ބަހިއްޔާ ޕްރީ-ސްކޫލުގައި މަތީ ތައުލީމުދޭ މަރުކަޒެއް ތަރައްގީކޮށް ހިންގަން މައި ކޮލެޖަށް ދީފި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ ބަހިއްޔާ ޕްރީ-ސްކޫލުގެ ފުރަތަމަ ބުރީގައި މަތީ ތައުލީމުދޭ މަރުކަޒެއް ތަރައްގީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލި ބިޑު، މައި ކޮލެޖުން ކާމިޔާބުކޮށްފައިވާ ކަމަށެވެ.

އެތަން ހިންގަން އެ ކޮލޮޖުން ހުށަހަޅާފައިވަނީ އޭދަފުށީ ކައުންސިލުން ބުނިގޮތުގައި މަހަކު -/5000ރ އަށެވެ.

ބަހިއްޔާ ޕްރީ ސްކޫލު ފުރަތަމަ ބުރި މައި ކޮލެޖަށް ދިންއިރު، އެ ކޮލެޖުން އަންނަނީ މިދިޔަ އަހަރުން ފެށިގެން އެތަނުގައި ވަގުތީގޮތުން އެ ކޮލެޖުގެ އައުޓް ރިޗް ސެންޓެއް ގާއިމުކޮށް ތަފާތު ކޯސްތައް ވެސް ހިންގަމުންނެވެ. އެގޮތުން ޑިޕްލޮމާ އާއި ޕީޖީ ކޯސްތައް ދަނީ ހިންގަމުންނެވެ. އަދި އަންނަ މަހު ކުޑަކުދިންނަށް ހާއްސަކޮށްގެން އިނގިރޭސި ކްލާސްތަކެއް ފެށުމަށްވެސް އެ ތަނުން އަންނަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.