އެންމެ 17 އަހަރުގައި ނިޝާމް ނިއުގެ ސީނިއާ ޓީމާއެކު ފަރިތަކުރަނީ

ނިޝާމް އޭދަފުށީ ފުޓްބޯޅަ ދަނޑު މަތީގައި | އީޓީ ފައިލް ފޮޓޯ
ނިޝާމް އޭދަފުށީ ފުޓްބޯޅަ ދަނޑު މަތީގައި | އީޓީ ފައިލް ފޮޓޯ

އުމުރުން އެންމެ 17 އަހަރުގައި އޭދަފުށީގެ ޒުވާން ކުޅުންތެރިޔާ ނިޝާމް މުޙައްމަދު ރަޝީދު ނިއު ރޭޑިއަންޓުގެ ސީނިއާ ޓީމާއެކު ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

ނިޝާމް ނިއުގެ ފަރިތަކުރުންތަކާ ގުޅުނީ މި ހަފްތާ އެވެ. އަދި ނިއުގެ ސީނިއާ ޓީމު ގްރީން ސްޓްރީޓާއެކު މިދިޔަ ހޯމަދުވަހު ކުޅުނު އެކުވެރިކަމުގެ މެޗުގައި ނިޝާމްވަނީ ކުޅެފަ އެވެ.

ދަނޑުމަތީގައި ޕޮގްބާގެ ނަމުން މަޝްހޫރުވެފައިވާ ނިޝާމް އަކީ މިވަގުތު އޭދަފުށީގައި ކުޅޭ އެންމެ މޮޅު އެއް ޒުވާން ކުޅުންތެރިޔާ އެވެ. ނިޝާމް ވަނީ މިދިޔަ އަހަރު ބޮޑު އީދު ފުޓްބޯޅަ މުބާރާތުގައި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. އެ މުބާރާތް އެމް.އޭ ޔުނައިޓެޑުން ކާމިޔާބު ކުރިއިރު، ޓީމުގެ މެދުތެރޭގައި ނިޝާމް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

މީގެ އިތުރުން އޭނާއަކީ މިދިޔަ އަހަރުން މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި އޭދަފުށީ ޓީމުގައިވެސް ހިމެނުނު ކުޅުންތެރި އެކެވެ. އެ މުބާރާތުގެ ބައެއް މެޗުތަކުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިޝާމް ވަނީ ކުޅެފައެވެ. އަދި މިދިޔަ އަހަރު ފަހުކޮޅު އޭދަފުށީގައި ބޭއްވި ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖުގައި އޭދަފުށީ ޓީމުގެ ފުރަތަމަ 11 ގައި ނިޝާމް ވަނީ ކުޅެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.