މިނިވަން ޗެމްޕިއަންޝިޕުގައި އޭދަފުށިން ބައިވެރިވެއްޖެ

މިދިޔަ އަހަރު އޮތް މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލް މެޗްގައި ތިމަރަފުށި ކުޅުންތެރިއެއް ކައިރިން ބޯޅަ ހިފައިގެން ކުރިޔަށްދާން ސައްޓު މަސައްކަތް ކުރަނީ | ފޮޓޯ:އިމޭޖްސް.އެމްވީ
މިދިޔަ އަހަރު އޮތް މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލް މެޗްގައި ތިމަރަފުށި ކުޅުންތެރިއެއް ކައިރިން ބޯޅަ ހިފައިގެން ކުރިޔަށްދާން ސައްޓު މަސައްކަތް ކުރަނީ | ފޮޓޯ:އިމޭޖްސް.އެމްވީ

މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަހަރުވެސް ކުރިއަށް ގެންދަން ނިންމާފައިވާ މިނިވަން ޗެމްޕިއަންޝިޕްގައި އޭދަފުށިން ބައިވެރިވެއްޖެ އެވެ.

“އީޓީ” އަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މުބާރާތުގައި އޭދަފުށިން ވާދަކުރަން ނިންމީ އިއްޔެ އެވެ.

މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މާޗުމަހު 15 ގަ އެވެ. މި މުބާރާތުގައި މިއަތޮޅުން ދެން ބައިވެރިވީ ކޮންކޮން ރަށްރަށަކުން ކަމެއް އަދި ސާފެއް ނުވެ އެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް އަތޮޅަކުން ދެ ޓީމަށްވުރެ ގިނައިން ބައިވެރިވެއްޖެ ނަމަ މުބާރާތް ކުޅޭނީ އެ އަތޮޅެއްގައި ކަނޑައަޅާ ވަކި ރަށެއްގަ އެވެ. އަތޮޅު ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ޒޯން މުބާރާތް މިއަހަރު ކުރިއަށްދާނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

ޒޯން ޗެމްޕިއަނުންގެ މެޗުގައި ކުޅެވޭ ލީގު މިފަހަރު އޮންނާނީ މާލޭގައެވެ. 2015 އަހަރު ފެށި މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރު ކުޅެފައިވަނީ ހދ. ކުޅުދުއްފުށި އަދި އައްޑޫ ސިޓީގަ އެވެ. މިދިޔަ އަހަރު ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރު ކުޅެފައިވަނީ ތ. ތިމަރަފުށި އަދި ދ. ކުޑަހުވަދޫ ގައެވެ.

އަތޮޅު މުބާރާތާއި ޒޯން މުބާރާތް އެއް މަސްދުވަހަށްވުރެ ދިގު ދެމިގެން ނުދާނެ ކަމަށް އެފްއޭއެމުން ކުރިން ވަނީ ބުނެފައެވެ. ފުޓްބޯޅައިގެ ކަލަންޑަރަށް ގެނައި ބޮޑު ބަދަލާއި އެކު މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ސެމީއަށްދާ 4 ޓީމަށް ޖުލައިމަހު ފަހުކޮޅު ފަށާ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ.

މިނިވަން ޗެމްޕިއަންޝިޕް މިދިޔަ އަހަރު ކާމިޔާބު ކުރީ އޭދަފުއްޓެވެ. އެއީ ފައިނަލުގައި ތިމަރަފުށީގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޕި

    އެފް.އޭ.އެމް އިން ދޭންޖެހޭ ފައިސާ ޖަމާކުރުމަށްފަހު ނޫނީ މުބާރާތާގެން ކުރިއަކަށް ނުދާނަން. މިކަން އެފް.އޭ.އެމްގެ ރައީސް ކައިރީގައި ވާނީ ބުނެފަ، މީގެ ތެރޭގައި 2015 ވަނައަހަރުގެ ޒޯން ޗެންޕިއަންކަން ލިބުނީމާ ދޭންޖެހޭ 100000.00 (އެއްލައްކަ) ރުފިޔާ އަދި 2016 ވަނަ އަހަރުގެ ޗެންޕިއަން ޓީމްއަށް ލިބެންޖެހޭ 50000.00 (ފަންސާސް) ރުފިޔާ)

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.