މިނިވަން ޗެންޕިއަންޝިޕްގައި 75 ޓީމު، ބ. އަތޮޅުން ދެ ޓީމު

މިދިޔަ އަހަރުގެ މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލްގައި އޭދަފުއްޓާއި ތިމަރަފުށި ކުޅެނީ | ފޮޓޯ:އަވަސް / އަހުމަދު ޝުރާއު
މިދިޔަ އަހަރުގެ މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލްގައި އޭދަފުއްޓާއި ތިމަރަފުށި ކުޅެނީ | ފޮޓޯ:އަވަސް / އަހުމަދު ޝުރާއު

2015 ވަނަ އަހަރުން ފެށިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން އެފްއޭއެމް އިން ކުރިޔަށްގެންދާ މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި 20 އަތޮޅުން 75 ޓީމު ބައިވެރިވެއްޖެ އެވެ.

މުބާރާތުގައި މިއަހަރުވެސް ބ. އަތޮޅުން ބައިވެރިވީ އޭދަފުއްޓާއި ދަރަވަންދޫ އެވެ. ނަމަވެސް ދަރަވަންދޫ ޓީމުން ލިސްޓް ހުށަހަޅާފައި ނުވާތީ މިދިޔަ އަހަރު އެ ޓީމު ވަނީ މުބާރާތުން ވަކިކޮށްފަ އެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް އަތޮޅަކުން ދެ ޓީމަށްވުރެ ގިނައިން ބައިވެރިވެއްޖެ ނަމަ މުބާރާތް ކުޅޭނީ އެ އަތޮޅެއްގައި ކަނޑައަޅާ ވަކި ރަށެއްގަ އެވެ.

މި މުބާރާތް މި ފަހަރު ކުރިޔަށްދާނީ ދެ ބުރަކަށެވެ. އެއީ އަތޮޅުތަކުގެ ބުރާއި މާލޭގައި ހުރިހާ ޒޯނެއްގެ ޗެމްޕިއަނެއްގެ މެދުގައި ކުޅޭ ޒޯން ލީގު ބުރެވެ. ޕްރިމިއާ ލީގަށް ހޮވޭނީ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅޭ ލީގު ބުރުގެ ގަދަ ހަތަރެކެވެ.

އަތޮޅު މުބާރާތާއި ޒޯން މުބާރާތް އެއް މަސްދުވަހަށްވުރެ ދިގު ދެމިގެން ނުދާނެ އެވެ. ފުޓްބޯޅައިގެ ކަލަންޑަރަށް ގެނައި ބޮޑު ބަދަލާއި އެކު މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ސެމީއަށްދާ 4 ޓީމަށް ޖުލައިމަހު ފަހުކޮޅު ފަށާ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ.

މިނިވަން ޗެމްޕިއަންޝިޕް މިދިޔަ އަހަރު ކާމިޔާބު ކުރީ އޭދަފުއްޓެވެ. އެއީ ފައިނަލުގައި ތިމަރަފުށީގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ.

ރާއްޖޭގެ ހުރިހާ ރަށްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި މުބާރާތް ފަށާނީ އަންނަމަހު 15 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.