ސެންޓޭއަށް ރަތް ދޫލައިގެ މަރުހަބާއެއް

ސެންޓޭ އޭދަފުއްޓަށް އައުމުން ހޫނު މަރުޙަބާއެއް ކިޔަނީ | އީޓީ ފޮޓޯ:ތޯރިގް
ސެންޓޭ އޭދަފުއްޓަށް އައުމުން ހޫނު މަރުޙަބާއެއް ކިޔަނީ | އީޓީ ފޮޓޯ:ތޯރިގް

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ހޮވި ރާއްޖޭގެ މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ ފާސިރު (ސެންޓޭ) މިއަދު ހަވީރު އޭދަފުއްޓަށް އައުމުން ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފި އެވެ.

ސެންޓޭ އަށް މަރުހަބާ ކިޔުމަށް އޭނާގެ އާއިލާގެ މެންބަރުންގެ އިތުރުން ރަށުގެ ޒުވާނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ އާއްމުންވެސް ރަސްމީ ފާލަން ސަރަހައްދަށް އެއްވި އެވެ. ސެންޓޭ އަށް ލިބުނު ޝީލްޑްތަކާއެކު ގިނަ ބަޔަކު ވަނީ ފޮޓޯ ނަގައިފަ އެވެ.

 

DSC_0554 DSC_0635 DSC_0700

މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ ދެ ވަނަ ހޯދި ޓީސީގައި ޖާޒީގައި ސެންޓޭ ވަނީ 34 ލަނޑު ޖަހައި ރަންބޫޓް ވެސް ހާސިލްކޮށްފަ އެވެ. މީގެ އިތުރުން ދިވެހި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް މިދިޔަ އަހަރު ހޯދީ ސެންޓޭއެވެ.

 

DSC_0525 DSC_0567

ސެންޓޭ އަށް މަރުހަބާ ކިޔަން އޭދަފުށީ ކްލަބް ކޮމްބިނޭޝަން ޖަމިއްޔާއިންނާއި ސެންޓޭގެ އާއިލާގެ އަދި ގާތް ރައްޓެހިން ގުޅިގެން ބާއްވާ ހާއްސަ ރަސްމިއްޔާތު އޮންނާނީ މިރޭ 9:00 ފައި ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގަ އެވެ. އެ ރަސްމިއްޔާތުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލު އިތުރުން ބައެއް ކޯޗުންވެސް މި ރަސްމީޔާތުގައި ބައިވެރި ވަޑައިގަންނަވާނެ އެވެ.

ސެންޓޭ އޭދަފުއްޓަށް އައުމުން ހޫނު މަރުހަބާއެއް ކިޔަނީ | އީޓީ ފޮޓޯ: ތޯރިގް އަދި ނައުޝަލް
ސެންޓޭ އޭދަފުއްޓަށް އައުމުން ހޫނު މަރުހަބާއެއް ކިޔަނީ | އީޓީ ފޮޓޯ: ތޯރިގް 
ސެންޓޭ އޭދަފުއްޓަށް އައުމުން ހޫނު މަރުހަބާއެއް ކިޔަނީ | އީޓީ ފޮޓޯ: ތޯރިގް އަދި ނައުޝަލް
ސެންޓޭ އޭދަފުއްޓަށް އައުމުން ހޫނު މަރުހަބާއެއް ކިޔަނީ | އީޓީ ފޮޓޯ: ތޯރިގް
ފުރަތަމަ ޑިވިޝަންގެ ބައެއް ކުޅުންތެރިންނާ އެކީ ސެންޓޭ | އިޓީ ފޮޓޯ:ރާއިފް ޔޫސުފް
ފުރަތަމަ ޑިވިޝަންގެ ބައެއް ކުޅުންތެރިންނާ އެކީ ސެންޓޭ | އިޓީ ފޮޓޯ:ރާއިފް ޔޫސުފް
ސެންޓޭ އޭނާގެ މަންމަ އާއި ބައްޕަ އާއިއެކު | އީޓީ ފޮޓޯ:ނައުޝަލް
ސެންޓޭ އޭނާގެ މަންމަ އާއި ބައްޕަ އާއިއެކު | އީޓީ ފޮޓޯ:ނައުޝަލް
ސެންޓޭ ޓީވީއެމް ސްޕޯޓްސް އަށް އިންޓަރވިއު ދެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ސެންޓޭ ޓީވީއެމް ސްޕޯޓްސް އަށް އިންޓަރވިއު ދެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
އެފް.އޭ.އެމްގެ އިސްވެރިން މިރޭ އޮންނަ ސެންޓޭގެ ޖަލްސާގައި ބައިވެރި ވުމަށް އޭދަފުއްޓަށް އަައުމުން ހޫނު މަރުހަބާއެއް ކިޔަނީ | އީޓީ ފޮޓޯ:ނައުޝަލް
އެފް.އޭ.އެމްގެ އިސްވެރިން މިރޭ އޮންނަ ސެންޓޭގެ ޖަލްސާގައި ބައިވެރި ވުމަށް އޭދަފުއްޓަށް އަައުމުން ހޫނު މަރުހަބާއެއް ކިޔަނީ | އީޓީ ފޮޓޯ:ނައުޝަލް
ކީޕަރ އިމްރާން މުހައްމަދު މިރޭ އޮންނަ ސެންޓޭގެ ޖަލްސާގައި ބައިވެރިވުމަށް އޭދަފުއްޓަށް އައުމުން ހޫނު މަރުހަބާއެއް ކިޔަނީ | އީޓީ ފޮޓޯ:ނައުޝަލް
ކީޕަރ އިމްރާން މުހައްމަދު މިރޭ އޮންނަ ސެންޓޭގެ ޖަލްސާގައި ބައިވެރިވުމަށް އޭދަފުއްޓަށް އައުމުން ހޫނު މަރުހަބާއެއް ކިޔަނީ | އީޓީ ފޮޓޯ:ނައުޝަލް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.