ޗެރިޓީގެ ގޮތުގައި ސެންޓޭ 20،000ރ. ހަދިޔާކޮށްފި

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހިންގާ ސެން ކްލާހަށް ސެންޓޭ -/10،000 ރުފިޔާގެ ރަމްޒީ ޗެކް ހަވާލުކުރައްވަނީ. ފޮޓޯ / ރާއިފް ޔޫސުފް / އީޓީ
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހިންގާ ސެން ކްލާހަށް ސެންޓޭ -/10،000 ރުފިޔާގެ ރަމްޒީ ޗެކް ހަވާލުކުރައްވަނީ. ފޮޓޯ / ރާއިފް ޔޫސުފް / އީޓީ

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ހޮވި ރާއްޖޭގެ މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ ފާސިރު (ސެންޓޭ) ޗެރިޓީގެ ގޮތުގައި 20،000 ރުފިޔާ ހަދިޔާ ކޮށްފި އެވެ.

ސެންޓޭ މި ފައިސާ ހަދިޔާ ކުރީ އޭނާއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް އާއިލާ އާއި ގާތް ރަހުމަތްތެރިން ގުޅިގެން ރޭ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ކުލަގަދަ ހަފްލާ އެއްގަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ހާއްސަ މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި އެ ހަފްލާގައި ސެންޓޭ ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހިންގާ “ކުލުނު ހިޔާ” (ސެން ކްލާސް) ގެ ދަރިވަރުންނަށް -/10،000 ރުފިޔާ އަދި ބ. އަތޮޅު އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އޭދަފުށީގައި ގާއިމުކޮށްފައިހުރި ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ވެސް -/10،000 ރުފިޔާ ހަދިޔާކޮށްފަ އެވެ.

ބ. އަތޮޅު ފެމެލީ ސެންޓަރަށް ސެންޓޭ -/10،000 ރުފިޔާގެ ރަމްޒީ ޗެކް ހަވާލުކުރައްވަނީ. ފޮޓޯ / ރާއިފް ޔޫސުފް / އީޓީ
ބ. އަތޮޅު ފެމެލީ ސެންޓަރަށް ސެންޓޭ -/10،000 ރުފިޔާގެ ރަމްޒީ ޗެކް ހަވާލުކުރައްވަނީ. ފޮޓޯ / ރާއިފް ޔޫސުފް / އީޓީ

ސެންޓޭ ބުނި ގޮތުގައި މިއީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް އެ ފަރާތްތަކުން ކުރާ ބުރަ މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދިން ހަދިޔާ އެކެވެ.

ސެންޓޭގެ މިދިޔަ އަހަރު ހޯދި ކާމިޔާބީތައް ފާހަގަ ކުރުމުގެ ގޮތުން ރޭ ވަނީ ސަރުކާރުގެ ބައެއް އޮފީސް އަދި ކުންފުނި ތަކުގެ އިތުރުން ކްލަބް ޖަމިއްޔާ ތަކުންވެސް ހަނދާނީފިލާ ދީފަ އެވެ.

ސެންޓޭގެ ކާމިޔާބީ ފާހަގަ ކުރަން ރޭ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމީޔާތުގެ ތެރެއިން: ފޮޓޯ - ރާއިފް ޔޫސުފް / އީޓީ
ސެންޓޭގެ ކާމިޔާބީ ފާހަގަ ކުރަން ރޭ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމީޔާތުގެ ތެރެއިން: ފޮޓޯ – ރާއިފް ޔޫސުފް / އީޓީ

މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ ދެ ވަނަ ހޯދި ޓީސީގައި ޖާޒީގައި ސެންޓޭ ވަނީ 34 ލަނޑު ޖަހައި ރަންބޫޓް ވެސް ހާސިލްކޮށްފަ އެވެ. މީގެ އިތުރުން ދިވެހި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް މިދިޔަ އަހަރު ހޯދީ ސެންޓޭއެވެ.

މި ސީޒަނުގައި ނިއު ރޭޑިއަންޓަށް ބަދަލުވެފައިވާ ސެންޓޭ މިދިޔަ ސީޒަނުގައި ޓީސީގައި ދެއްކި ކުޅުމަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ދެއްކި އެންމެ މޮޅު ކުޅުމެވެ. ބ. އޭދަފުށްޓަށް އުފަން ކުޅުންތެރިޔާ ވަނީ ހަވީރުން ހޮވި ރާއްޖޭގެ ދެ ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް 2014 ވަނަ އަހަރު ހޯދައިފަ އެވެ. މިއީ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އޭނާ އަށް ލިބުނު ފުރަތަމަ ފަހަރެވެ.

ސެންޓޭގެ ކާމިޔާބީ ފާހަގަ ކުރަން ރޭ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމީޔާތުގެ ތެރެއިން: ފޮޓޯ - ރާއިފް ޔޫސުފް / އީޓީ
ސެންޓޭގެ ކާމިޔާބީ ފާހަގަ ކުރަން ރޭ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމީޔާތުގެ ތެރެއިން: ފޮޓޯ – ރާއިފް ޔޫސުފް / އީޓީ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.