މިއަދު ހަވީރު އޭދަފުށީގައި ކުޑަކުދިންގެ ހަވީރެއް

Child-evening-eyd (14)

ބީއެމްއެލް އިން މިމަހުފެށި “އަހަރެންގެ ބޭންކް” ކެމްޕޭނުގައި ދަށުން ބ. އޭދަފުށީގައި މިއަދު ހަވީރު ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ.

މި ހަވީރު އިންތިޒާމުކުރާ އޭދަފުށީ ކްލަބް ކޮމްބިނޭޝަން (ސީސީ) ބުނީ ދެކުނު ފަރާތުގެ ހިއްކި ބިމުގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިހަވީރުގައި ކުޑަކުދިންނަށް ޙާއްސަ ކުޅިވަރުގެ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ.

މީގެ އިތުރުން ހަވީރަށް ޒިޔާރަތްކުރާ ކުޑަކުދިންނަށް ތަފާތު ހަދިޔާ ދިނުން އޮންނާނެ ކަމަށްވެސް ސީސީން ބުންޏެވެ.

މި ކެމްޕޭނުގެ ދަށުން ބީއެމްއެލް އިން ވަނީ މިދިޔަ ހަފްތާ ބަންދުގައިވެސް ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުޑަކުދިންގެ ހަވީރުތައް ބާއްވައިފަ އެވެ.

ބީއެމްއެލް އިން މިމަހުފެށި “އަހަރެންގެ ބޭންކް” ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބޭންކުން ފޯރުކޮށް ދޭ އާއްމުންނާ ގުޅުންހުރި ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމާއި އެ ކަންކަމުން މުޖުތަމައު އަށް ކުރާ ފައިދާތައް ކިޔައިދިނުމެވެ. ބޭންކާއި އާއްމުންނާ އޮންނަ ގުޅުން ބަދަހި ކުރަން ހިންގާ މި ކެމްޕޭނުގެ ދަށުން މި މަހުގެ ކޮންމެ ދުވަހަކު ވެސް އާއްމުންނާ ގުޅުންހުރި ހަރަކާތެއް ހިންގަން ވަނީ ނިންމައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.