ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖްގައި ބައިވެރިވި ޓީމްތައް ކަށަވަރުވެއްޖެ

މިދިޔަ އަހަރު ކުރިޔަށްގެންދިޔަ މި މުބާރާތުގައި ސޮނެވާ އާއި ފެއިމްސް ޔުނައިޓެޑް ބައްދަލުކުރި މެޗެއްގެ ތެރެއިން | އީޓީ ފައިލް ފޮޓޯ
މިދިޔަ އަހަރު ކުރިޔަށްގެންދިޔަ މި މުބާރާތުގައި ސޮނެވާ އާއި ފެއިމްސް ޔުނައިޓެޑް ބައްދަލުކުރި މެޗެއްގެ ތެރެއިން | އީޓީ ފައިލް ފޮޓޯ

އޭދަފުށި ކްލަބް ދަ ބިގިނާރސް (ޓީބީ) އިން ބ.އަތޮޅަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް ޗެލެންޖުގައި ބައިވެރިވި ޓީމްތައް ކަށަވަރުވެއްޖެއެވެ.

އަންނަ މަހުގެ 1 އަކުން 14 ގެ ނިޔަލަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 12 ޓީމެއް ވަނީ ބައިވެރިވެފައެވެ. އެއީ ސޮނެވާފުށި ރިސޯޓް، މާޅޮސް ޔޫތް ކްލަބް، ފެއިމްސް ޔުނައިޓެޑް (އޭދަފުށި)، އަނަންތަރަ ކިހަވަށް ހުުރުވަޅި ، ކިންގްސް ޔުނައިޓެޑް (ދަރަވަންދޫ)، އެކުވެރި ގައިޒް (ކުޑަރިކިލު)، އިރުމަތި ލަވާސް (އޭދަފުށި)، ޔުނައިޓެޑް ވީ (އޭދަފުށި)، ކިހާދް މޯލްޑިވްސް، ރީތި ބީޗް ރިސޯޓް، ރޯޔަލް އައިލެންޑް ރިސޯޓް އަދި ކޮކޯ ޕާމް ރިސޯޓެވެ.

2014 ވަނަ އަހަރުން ފެށިގެން އަލްމަރްޙޫމް އަހްމަދު ޝާހީން މެމޯރިއަލް ފުޓްސަލް ޗެލެންޖްގެ ބާއްވަމުން އަންނަ މި މުބާރާތް މިއަހަރު ވަނީ ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖްގެ ނަމަށް ރީބްރޭންޑްކޮށްފަ އެވެ.

މި މުބާރާތުގެ ގުރުނެގުން އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.

ޓީބީން ބުނި ގޮތުގައި މި މުބާރާތް އެ ކްލަބުން ބާއްވަނީ އަތޮޅު ލެވެލްގައި ފުޓްސަލް ކުރިއެރުވުމާއި އަތޮޅު ލެވެލްގައި ފުޓްސަލް ކުޅުންތެރިން އުފެއްދުމުގެ ބޭނުމުގަ އެވެ. އަދި ބ. އަތޮޅުގެ ރިސޯޓްތަކާއި ރަށްރަށުގެ ފުޓްސަލް ޓީމްތަކުގެ މެދުގައި އެކުވެރިކަމާއެކު ވާދަވެރި ފުޓްސަލް މެޗްތަކެއް ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުންވެސް އެ ކްލަބުން މި މުބާރާތް ބާއްވާ މަގުސަދު ތަކުގެ ތެރޭގައި ހިމެނެ އެވެ.

“އޭގެ އިތުރުން، އަތޮޅުގެ އެންމެހައި ރައްޔިތުންގެ މެދުގައި އިޖްތިމާއީ ރޫޙާއި ކުޅިވަރުގެ ރޫހް އާލާކުރުމާއި އެކުވެރިކަމާއެކު މަސައްކަތް ކުރުމުގެ ރޫޙް އާލާ ކުރުމާއި ރާއްޖޭގައި ފުޓްސަލް ކުރިއެރުވުމާއި ފުޓްސަލްގެ ހުނަރު އިތުރުކުރުންވެސް މުބާރާތް ބާއްވާ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ،” ޓީބީން ބުންޏެވެ.

މި މުބާރާތުގެ ޓެލެކޮމް ޕާޓްނަރަކީ ދިރާގެވެ. އޮންލައިން މީޑިއާ ޕާޓްނަރަކަށް މިފަަހަރުވެސް ހަމަޖައްސާފައިވަނީ އޭދަފުށި ޓައިމްސް (އީޓީ) އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.