ވޮލީ ބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މާލޭގައި މިހާރު ކުރިއަށްދާ އިންޓަ ސްކޫލު ބީޗުވޮލީ މުބާރާތުގެ ފައިނަލަށް ބ. ގޮއިދޫ ސްކޫލުގެ ދެ ޓީމުވެސް ދަތުރުކޮށްފި އެވެ.
ރާއްޖޭގެ ސްކޫލުތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި މާލޭގެ އިތުރުން ހަމައެކަނި ބައިވެރިވީ ގޮއިދޫ ސްކޫލުންނެވެ. މި މުބާރާތުގައި ގޮއިދޫ ސްކޫލު ވާދަކުރަނީ 16 އަހަރުން އަންހެން އަދި ފިރިހެން ބައިގަ އެވެ.
ގޮއިދޫ ސްކޫލުގެ މި ދެ ޓީމުވެސް ފައިނަލުން ޖާގަ ހޯދީ މާލޭގެ ސްކޫލުތައް ބަލިކުރުމަށްފަހު އެވެ.
ފައިނަލުގައި ދެ ޓީމުވެސް ނުކުންނާނީ އިމާދުއްދީން ސްކޫލާ ދެކޮޅަށެވެ. ފައިނަލު މެޗުގެ ކުޅުން ފަށާނީ މިއަދު ހަވީރު 5:00 ގަ އެވެ.
ވޭދުވެދިޔަ ދެ އަހަރުވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ގޮއިދޫ ސްކޫލުންނެވެ.