ނިއުގެ ވައިސް ކެޕްޓަންގެ ބޭންޑް ސެންޓޭ އާއި ހޮކޭ އަށް

ލަނޑު ޖެހުމަށްފަހު ސެންޓޭ އުފާފާޅުކުރަނީ-- ފޮޓޯ / މިހާރު އޮންލައިން
ލަނޑު ޖެހުމަށްފަހު ސެންޓޭ އުފާފާޅުކުރަނީ– ފޮޓޯ / މިހާރު އޮންލައިން

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ވައިސް ކެޕްޓަނުންނަށް މިދިޔަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) އާއި އެ ޓީމުގެ މިދިޔަ އަހަރުގެ ކެޕްޓަން މުޙައްމަދު ރަޝީދު (ހޮކޭ) ހަމަޖައްސައިފި އެވެ.

ސެންޓޭ އާއި ހޮކޭއަށް ނިއުގެ ވައިސް ކެޕްޓަން ބޭންޑް ހަވާލުކުރީ އިއްޔެ އެވެ.

ނިއުގެ ކެޕްޓަނަކަށް އެ ޓީމުގެ އެންމެ ކާމިޔާބު އެއް ކެޕްޓަން އިމްރާން މުހައްމަދު ވަނީ މިމަހުގެ ކުރީކޮޅު ވަނީ ހަމަޖައްސައިފި އެވެ.

ވޭތުވެދިޔަ ސީޒަންގައި ޓީސީއަށް ކުޅުނު ސެންޓޭއަކީ މީގެ ކުރިންވެސް ނިއުއަށް ކުޅެ އެޓީމަށް ގިނަ ކާމިޔާބީ ތަކެއް ހޯދައިދީފައިވާ ކުޅުންތެރިއެކެވެ. އަދި މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އަދި ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން ރަންބޫޓް ހާސިލް ކުރީވެސް ސެންޓޭއެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި ޖުމްލަ 34 ގޯލް ޖަހާފައެވެ.

ނިއުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ސެންޓޭ އާއި ހޮކޭ އަކީވެސް ރާއްޖޭގެ ގައުމީ ޓީމުގެ މުހިއްމު ދެ ކުޅުންތެރިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.