ބީޗު ވޮލީގެ ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރަށް ގޮއިދޫ އަށް

ގޮއިދޫ ސްކޫލުގެ އަންހެން ވޮލީ ޓީމު. އެ ޓީމު ވަނި ޖެހިޖެހިގެން ތިނަ ވަނަ ފަހަރަށް ބީީޗު ވޮލީ މުބާރާތުގެ ތަށި ހޯދާފައި-- ފޮޓޯ / ނިޒާމް
ގޮއިދޫ ސްކޫލުގެ އަންހެން ވޮލީ ޓީމު. އެ ޓީމު ވަނި ޖެހިޖެހިގެން ތިނަ ވަނަ ފަހަރަށް ބީީޗު ވޮލީ މުބާރާތުގެ ތަށި ހޯދާފައި– ފޮޓޯ / ނިޒާމް

ފޯރިގަދަ މެޗުތަކަކަށްފަހު އިންޓަ ސްކޫލު ބީޗު ވޮލީ މުބާރާތުގެ ތަށި ސޮއިދޫ ސްކޫލުގެ އަންހެން ޓީމު މިލްކުކޮށްފި އެވެ.

ޖެހިޖެހިގެން ތިން އަހަރު 16 އަހަރުން ދަށުގެ ގޮއިދޫ އަންހެން ޓީމު ތަށި ހޯދީ ފައިނަލުގައި މިއަދު ހަވީރު އިމާދުއްދީން ސްކޫލާ ބައްދަލުކޮށް ސީދާ ދެ ސެޓުން މޮޅުވެގެންނެވެ.

މި މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަންވެސް ހޯދީ ގޮއިދޫ ޓީމުންނެވެ. މިދިޔަ އަހަރު ރަނައަޕް ކަން ހޯދިއިރު އެ ޓީމުން އޭގެ ކުރީ އަހަރު މި މުބާރާތުގައި ވާދައެއް ނުކުރެ އެވެ.

މިމުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ ތަށި މިލްކު ކުރުމާއެކު ގޮއިދޫ ސްކޫލުން ރެކޯޑް ހެދީ މިހާތަނަށް އިންޓަ ސްކޫލްގެ ތާރީޚްގައި ތަށި މިލްކުކުރި ޓީމުގެ ޝަރަފު ހޯދައިގެންނެވެ.

ފަހަކަށް އައިސް ބ. ގޮއިދޫ ސްކޫލުގެ ދަރިވަރުން އަންނަނީ ކުޅިވަރު ހަރަކާތްތަކުން ގައުމީ ފެންވަރުގައި ބޮޑެތި ކާމިޔާބީތައްވެސް ހޯދަމުންނެވެ. އެގޮތުން ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ “ނެސްލޭ މައިލޯ ކަލާސް އެވޯޑްސް” މިދިޔަ އަހަރު އެ ސްކޫލުގެ 7 ދަރިވަރަކަށްވަނީ ލިބިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޢަބްދުލްމުހައިމިން / އިނގުރައިދޫ

    ނިޒާމް ސަރ ގެ ލީޑަރ ޝިޕްގެ ދަށުން ގޮއިދޫ ސްކޫލް ހޯދަމުންދާ ފަޚުރުވެރި ކާމިޔާބީގައި ހިއްސާވާ އެންމެހާ ފަރާތްތަކަށް މަރުޙާބާ ދަންނަވަން. ކާމިޔާބު ޔަޤީން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.