ޗެމްޕިއަން އޭދަފުއްޓާއި ދަރަވަންދޫ ބައްދަލުކުރާ ފުރަތަމަ މެޗު އޭޕްރީލް 5 ގައި

މިނިވަން ޗެންޕިއަންޝިޕްގެ ޒޯން 3 ގައި  މިއަދު އޭދަފުއްޓާއި އިންނަމާދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިނިވަން ޗެންޕިއަންޝިޕްގެ ޒޯން 3 ގައި މިއަދު އޭދަފުއްޓާއި އިންނަމާދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އަތޮޅު ބުރުގައި އޭދަފުއްޓާއި ދަރަވަންދޫ ބައްދަލުކުރާ ފުރަތަމަ މެޗު އަންނަ އޭޕްރީލް މަހު 5 ވަނަ ދުވަހު ކުޅޭގޮތަށް އެފް.އޭމް.އެމް އިން ޝެޑިއުލް ކޮށްފިއެވެ.

ހޯމް އެންޑް އަވޭ އުސޫލުން ފުރަތަމަ މެޗު ދަރަވަންދޫގައި ކުޅޭއިރު ދެވަނަ މެދު އޭދަފުށީގައި ކުޅޭނީ އޭޕްރީލް 8 ވަނަ ދުވަހުއެވެ.

އެފް.އޭ.އެމް އިން ބުނީ ހޯމް އެންޑް އަވޭ އުސޫލުން ކުޅޭއިރު ދަރަވަންދޫގެ ދަނޑުގެ ހާލަތަށް ބަލައި އެރަށުގައި މެޗު ކުޅެވޭތޯ ވަރަށް ބޮޑަށް ބަލާނެ ކަމަށެވެ. ދަރަވަންދޫގެ ދަނޑުގައި ނުކުޅެވިއްޖެ ނަމަ ދެމެޗުވެސް ކުޅެން ޖެހޭނީ އޭދަފުށީގައި ކަމަށް އެފް.އޭ.އެމް އިން ބުނެއެވެ. މިދިޔަ އަހަރުވެސް ދަރަވަންދޫ ވަނީ އަތޮޅު މުބާރާތުގައި ބައިވެރިވެފައެވެ. ނަމަވެސް ފަހު ވަގުތު މުބާރާތުގައި ވާދަ ނުކުރަން ނިންމުމުން އޭދަފުއްޓަށް އަތޮޅު ޗެމްޕިއަންކަން ލިބުނެވެ.

މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ވާދަކުރި އިރު މިއަހަރުގެ މުބާރާތުގައި 81 ރަށަކުން ވަނީ ބައިވެރިވެފައެވެ. މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރީ އޭދަފުއްޓެވެ. ފައިނަލުގައި ތިމަރަފުއްޓާއި ވާދަކޮށް އޭދަފުށި މޮޅުވީ 1-0 އިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.