ގިނަ އަދަދެއްގެ ބަނގުރާ އޭދަފުށީގައި ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ރާފުޅިތަކެއް ނައްތާލުމުގެ މަސައްކަތް މިއަދު ކުރަނީ.–އީޓީ ފޮޓޯ: ރާއިފް ޔޫސުފް

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ދަޅުތަކެއް ނައްތާލައިފި އެވެ.

ބ. އޭދަފުށީގައި މިއަދު ހަވީރު ނައްތާލާފައި ބ. ދަރަވަންދޫ އެއާޕޯޓަށް ފުރަންދާ އެކި ފަތުރުވެރިންގެ އަތުން މިދިޔަ އަހަރު ހިފަހައްޓާފައިވާ ބަނގުރާ ފުޅިއާއި ބިޔަރު ދަޅުތަކެވެ. އެގޮތުން 383 ބަނގުރާ ފުޅި އާއި 169 ބިޔަރު ދަޅު ނައްތާލި އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ރާފުޅިތަކެއް ނައްތާލުމުގެ މަސައްކަތް މިއަދު ކުރަނީ.–އީޓީ ފޮޓޯ: ރާއިފް ޔޫސުފް
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ރާފުޅިތަކެއް ނައްތާލުމުގެ މަސައްކަތް މިއަދު ކުރަނީ.–އީޓީ ފޮޓޯ: ރާއިފް ޔޫސުފް

ފުލުހުން އެތަކެތި ނައްތާލީ، އެކަމަށްޓަކައި އުފައްދާފައިވާ ހާއްސަ ކޮމެޓީ އާއި މީޑިޔާގެ ހާޒިރުގަ އެވެ.

ފުލުހުންނަށް ހުށަހެޅި ތަހުގީގު ނިމޭ ބަނގުރަލާއި މަސްތުވާތަކެތި ފުލުހުންވެސް ދަނީ ދޭތެރެ ދޭތެރެއިން ނައްތާލަމުންނެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ރާފުޅިތަކެއް ނައްތާލުމުގެ މަސައްކަތް މިއަދު ކުރަނީ.–އީޓީ ފޮޓޯ: ރާއިފް ޔޫސުފް
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ރާފުޅިތަކެއް ނައްތާލުމުގެ މަސައްކަތް މިއަދު ކުރަނީ.–އީޓީ ފޮޓޯ: ރާއިފް ޔޫސުފް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.