ބ. އަތޮޅުގެ ސްކޫލްތަކަށް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި

ނަތީޖާ ރަނގަޅު ކުރަން ބ. އަތޮޅުގެ ސްކޫލްތަކަށް މިއަދު ފެށި އެޑޮޕްޝަން ޕްރޮގްރާމުގަިއ ސްކޫލުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަނީ--- ފޮޓޯ/ އެޑިއުކޭޝަން
ނަތީޖާ ރަނގަޅު ކުރަން ބ. އަތޮޅުގެ ސްކޫލްތަކަށް މިއަދު ފެށި އެޑޮޕްޝަން ޕްރޮގްރާމުގަިއ ސްކޫލުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަނީ— ފޮޓޯ/ އެޑިއުކޭޝަން

އޯ ލެވެލް އިމްތިހާނުގައި ފަސް މާއްދާއިން ކުދިން ފާސްވާ މިންވަރު އިތުުރުކޮށް އަދި ކުދިންގެ ނަތީޖާ އިތުރު ކުުރުމަށް ބ. އަތޮޅު ސްކޫލުތަކަށް އަމާޒުކޮށްގެން އެޑޮޕްޝަން ޕްރޮގްރާމް މިއަދު ފަށައިފި އެވެ.

މި ޕްރޮގްރާމަކީ އެއްވެސް ކުއްޖަކު ބާކީ ނުކުުރުމުގެ ސިޔާސަތުގެ ދަށުން ސާނަވީ ތައުލީމް ނިންމުމުގެ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

“އެގޮތުން މި ޕްރޮގްރާމްގެ ދަށުން، ވޭތުވެ ދިޔަ އަހަރުތަކުގެ ސްކޫލްތަކުގެ ވަކިވަކި ނަތީޖާތަކާ މެދު މަޝްވަރާކުރެވި، މި ނަތީޖާތަކުގެ އަލީގައި ކުރިއަށް އޮތްތަނުގައި ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަންދޭންވީ ކަންކަން ފާހަގަކުރެވި އެކަމަށްޓަކައި މަސައްކަތްކުރެވިގެންދާނެ،” އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމް މީގެ ކުރިން ކ. އަތޮޅުގެ ސްކޫލްތަކުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ޕްރޮގްރާމް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުން މީގެ ކުރިން ކ. އަތޮޅު ސްކޫލުތަކުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓް ވަރަށް ކާމިޔާބު ކަމަށާއި އެގޮތުން އެ އަތޮޅު ސްކޫލުތަކުން މިދިޔަ އަހަރު ފަސް މާއްދާއިން ފާސްވި ކުދިންގެ މިންވަރު 60 ޕަސަންޓަށް އެރި އިރު 100 ޕަސެންޓު ކުދިން ތިން މާއްދާއިން ފާސްވެފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.