ފެއިމްސް ޔުނައިޓެޑާއި ކޮކޯޕާމްގެ ފެށުން ރަގަޅުކޮށްފި

ފެއިމްސް ޔުނައިޓެޑައި މާޅޮސް ޔޫތް ކްލަބް ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ފެއިމްސް ޔުނައިޓެޑައި މާޅޮސް ޔޫތް ކްލަބް ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިއަދު ބ.އޭދަފުށީގައި ފެށި ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގައި ފެއިމްސް ޔުނައިޓެޑާއި ކޮކޯޕާމް ރިސޯޓުގެ ފެށުން ރަގަޅުކޮށްފި އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މާޅޮސް ޔޫތް ކްލަބާއި ފެއިމްސް ޔުނައިޓެޑެވެ. މި މެޗު 1-6 ން ކާމިޔާބުކުރީ ފެއިމްސް ޔުނައިޓެޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ މާޅޮހުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ސިރުހާންއެވެ. ފުރަތަމަ ހާފްގައި މާޅޮހުން ވަނީ ރަގަޅު ކުޅުމެއްދައްކާ ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއްވެސް ތަނަވަސްކޮށްފަ އެވެ. ފުރަތަމަ ހާފް ނިމުނީ 0-1 ން މާޅޮސް ޔޫތް ކްލަބް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ފެއިމްސް ޔުނައިޓެޑުން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށްފަ އެވެ. އޭގެ ހެއްކަކަށް ވީ މެޗްގެ ނަތީޖާ 1-6 އަކަށް ބަދަލުކޮށްލުމެވެ. ފެއިމްސްގެ ޔުނައިޓެޑް ޓީމުގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަބްދުލް މަޖީދު އިބްރާހިމް، އަހުމަދު ލަތީފް، އަބްދުލް ސަލާމް ހާމިދް އަދި މުހައްމަދު ރަޝީދުއެވެ. އަބްދުލް މަޖީދު އަދި އަބްދުލް ސަލާމް ވަނީ މި މެޗުގައި 2 ލަނޑު ކާމިޔާބުކޮށްފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ފެއިމްސް ޔުނައިޓެޑްގެ ޖާޒީ ނަންބަރު 9 އަބްދުލް ސަލާމް ހާމިދެވެ.

ރީތި ބީޗާއި ކޮކޯޕާމް ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ރީތި ބީޗާއި ކޮކޯޕާމް ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ކޮކޯޕާމް ރިސޯޓާއި ރީތި ބީޗް ރިސޯޓެވެ. މި މެޗް 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކޮކޯޕާމް ރިސޯޓުންނެވެ. ކޮކޯޕާމް އިން ޖެހި ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާސިފް އުސްމާންއެވެ. އޭގެ ފަހުންވެސް ދެ ޓީމަށްވެސް ވަނީ ގޯލް ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 0-1 އިންނެވެ. .

ދެވަނަ ހާފުގައި ކޮކޯޕާމް އިން ޖެހި ދެވަނަ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އާސިފް އުސްމާނެވެ. މި މެޗުގައި ރީތި ބީޗުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އިފްހާމްއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިުވީ ކޮކޯޕާމް ރިސޯޓުގެ ޖާޒީ ނަންބަރ 9 އާސިފް އުސްމާނެވެ.

މި މުބާރާތުގެ ދެ މެޗު މާދަމާ ހަވީރުވެސް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި 16:05 ގައި ބައްދަލުކުރާނީ ރޯޔަލް އައިލެންޑް ރިސޯޓާއި ކުޑަރިކިލުގެ އެކުވެރި ގައިޒް ޓީމެވެ. ދެވަނަ މެޗުގައި 17:05 ގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެންޕިއަން ސޮނެވާފުއްޓާއި ޔުނައިޓެޑް ވީއެވެ.

މުބާރާތް ކުރިއަށްދާނީ އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްވޭވް އެވެ. ބެވަރޭޖް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ކޮކާކޯލާ ކޮންޕެނީއެވެ. ޓެލްކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު ބްރޯޑްކާސްޓިން މީޑިޔާ ޕާޓްނަރަކީ ވީޓީވީ އެވެ. އަދި އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.