އިރުމަތި ލަވާރސް މޮޅުވި އިރު އެކުވެރި ގައިޒް ބަލިވެއްޖެ

މިއަދު އިރުމަތި ލަވާރސް އާއި ރީތި ބީޗް ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު އިރުމަތި ލަވާރސް އާއި ރީތި ބީޗް ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ.އޭދަފުށީގައި މިހާރު ކުރިޔަށްދާ ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޖެލެންޖުގައި މިއަދު ކުޅުުނު މެޗްތަކުން އިރުމަތީ ލަވާރސް މޮޅުވި އިރު ކުޑަރިކިލުގެ އެކުވެރި ގައިޒް ކުޅުނު ދެވަނަ މެޗުންވެސް އެޓީމު ބަލިވެއްޖެއެވެ.

މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ރީތި ބީޗް ރިސޯޓާއި އިރުމަތި ލަވާރސްއެވެ. މި މެޗް 2-7 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިރުމަތި ލަވާރސް ޓީމުންނެވެ. އިރުމަތި ލަވާރސް މި މެޗްގައި ގޯލްތަށް ކާމިޔާބުކޮށްދިނީ އަފްރާހް އަބްދުލް އަޒީޒް ، މިމްރާހް އަބްދުލް އަޒީޒް ، ހަމްދާން އަބްދުއްސައްތާރ ، އަލީ މާޒިން އަދި ޝާހީ މޫސާ އެވެ. މެޗްގައި ހަމްދާން އަދި މިމްރާހް ވަނީ 2 ލަނޑު ކާމިޔާބުކޮށްފައެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އިރުމަތި ލަވާރސްގެ ޖާޒީ ނަންބަރ 8 ހަމްދާން އަބްދުއްސައްތާރެވެ.

އެކުވެރި ގައިޒްއާއި ކިހާދް މޯލްޑިވްސް ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
އެކުވެރި ގައިޒްއާއި ކިހާދް މޯލްޑިވްސް ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މި މުބާރާތުގައި މިއަދު ކުޅުނު ދެވަނަ މެޗްގައި ބައްދަލުކުރީ ކުޑަރިކިލުގެ އެކުވެރި ގައިޒް ޓީމާއި ކިހާދް މޯލްޑިވްސްގެ ޓީމެވެ. މި މެޗް ފަހަަތުން އަރާ 6-7 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކިހާދް މޯލްޑިވްސްއިންނެވެ. މި މެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ އެކުވެރި ގައިޒް އިންނެވެ. އެޓީމުގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ ހުސައިން ނަޒީހް ، މާދިހް އަބްދުއްސައްތާރ އަދި ހުސައިން ހަނާން އެވެ. ހަނާން ވަނީ މި މެޗްގައި 3 ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. މި މެޗް ގެ ފުރަތަމަ ހާފް ނިމުނީ 1-5 ގެ ނަތީޖާއަކުން އެކުވެރި ގައިޒް ކުރީގައި އޮވެގެންނެެވެ. އެހެން ނަމަވެސް ފަހު ހާފުގައި ކިހާދް މޯލްޑިވްސް އިންވަނީ ކުޅުން ރަަގަޅުކޮށް ނަތީޖާ ބަދަލުކޮށްލާފައެވެ. ކިހާދް މޯލްޑިވްސްގެ ލަނޑުތަށް އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޒުބައިރު ، އިހްސާން އިލްޔާސް އަދި މައުމޫން އަބްދުލް ގައްޔޫމެވެ. މި މެޗްގައި ޒުބައިރް ހެޓްރިކް ހެދި އިރު އަނެެއް ދެކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިއެއްވެސް ވަނީ 2 ލަނޑު ޖަހާފައެވެ. މި މެޗްގައި އެކުވެރި ގައިޒްގެ ގޯލް ކީޕަރގެ ފަރާތުން ވަނީ މޮޅު ސޭވްތަކެއް ފެނިގެން ގޮސްފައެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ކިހާދް މޯލްޑިވްސްގެ ޖާޒީ ނަންބަރ 11 އަލީ ޒުބައިރްއެވެ.

މި މުބާރާތުގައި މާދަމާ ހަވީރުވެސް ދެ މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ފުރަަތަމަ މެޗްގައި 16:05 ގައި ބައްދަލުކުރާނީ މާޅޮސް ޔޫތް ކްލަބާއި ޔުނައިޓެޑް ވީ އެވެ. ދެވަނަ މެޗްގައި 17:05 ގައި ބައްދަލުކުރާނީ ކޮކޯޕާމް އާާއީ އިރުމަތި ލަވާރސްއެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްވޭވް އެވެ. ބެވަރޭޖް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ކޮކާކޯލާ ކޮންޕެނީއެވެ. ޓެލްކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު ބްރޯޑްކާސްޓިން މީޑިޔާ ޕާޓްނަރަކީ ވީޓީވީ އެވެ. އަދި އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.