ޔުނައިޓެޑް ވީ އާއި އިރުމަތި ލަވާރސް ކުއާޓާ އަށް ދިޔައިރު މާޅޮސް މުބާރާތުން ކަޓައިފި

ޔުނައިޓެޑް ވީ އާއި ކޮކޯޕާމް ބައްދަލުކުރި މެޗްގެ ތެރެއިން  | އީޓީ ފޮޓޯ: ރާއިފް ޔޫސުފް
ޔުނައިޓެޑް ވީ އާއި ކޮކޯޕާމް ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ: ރާއިފް ޔޫސުފް

ބ.އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ކުޅުނު މެޗްތަކުން ޔުނައިޓެޑް ވީ އާއި އިރުމަތި ލަވާރސް މޮޅުވެއްޖެއެވެ.

މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ މާޅޮސް ޔޫތް ކްލަބާއި ޔުނައިޓެޑް ވީ އެވެ. މި މެޗް 2-14 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުުރީ ޔުނައިޓެޑް ވީ އިންނެވެ. މި މެޗްގައި ޔުނައިޓެޑް ވީގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ އަނޫސްް މުހައްމަދު ، މުހައްމަދު އަޖުފާން ، އަޔާޒް އަހުމަދު ، އަބްދުﷲ ޝައްފާން އަދި މަބްރޫކް ނަސީރެވެ. މި މެޗްގައި މުހައްމަދު އަޖުފާން އާއި އަޔާޒް އަހުމަދު 4 ލަނޑު ޖެހި އިރު އަނޫސް މުހައްމަދު ވަނީ 3 ލަނޑު ޖަހާފައެވެ. އަދި އަބްދުﷲ ޝައްފާން ވަނީ 2 ލަނޑު ކާމިޔާބުކޮށްފައެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޔުނައިޓެޑް ވީ ގެ ޖާޒީ ނަންބަރ 13 މުހައްމަދު އަޖުފާނެވެ.

އިރުމަތި ލަވާރސް އާއި ކޮކޯޕާމް ބައްދަލުކުރި މެޗްގެ ތެރެއިން  | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
އިރުމަތި ލަވާރސް އާއި ކޮކޯޕާމް ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިއަދު ކުޅުނު ދެވަނަ މެޗްގައި ބައްދަލުކުރީ ކޮކޯޕާމް އާއި އިރުމަތި ލަވާރސްއެވެ. މި މެޗް 1-11 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިރުމަތި ލަވާރސްއެވެ. އިރުމަތި ލަވާރސް ޓީމުގެ ލަނޑުތަށް ކާމިޔާބުކުރީ ހަމްދާން އަބްދުއްސައްތާރ ، ޝަރިފް އަބްދުލް މަޖީދު ، މިމްރާހް އަބްދުލް އަޒީޒު ، އަލީ މާޒިން ، މޫސަ ސައީދް އަދި ޝާހީ މޫސާއެވެ. މި މެޗްގައި ޝާހީ މޫސާ ނޫން ކޮންމެ ކުޅުންތެރިއެއް ވަނީ 2 ލަނޑު ޖަހާފައެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އިރުމަތި ލަވާރސްގެ ޖާޒީ ނަންބަރ 8 ހަމްދާން އަބްދުއްސައްތާރެވެ.

މި މުބާރާތުގައި މާދަމާ ހަވީރުވެސް ދެ މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ރޯޔަލް އާއި ކިހާދް މޯލްޑިވްސްއެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެންޕިއަން ސޮނެވާ އާއި ފެއިމްސް ޔުނައިޓެޑްއެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްވޭވް އެވެ. ބެވަރޭޖް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ކޮކާކޯލާ ކޮންޕެނީއެވެ. ޓެލްކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު ބްރޯޑްކާސްޓިން މީޑިޔާ ޕާޓްނަރަކީ ވީޓީވީ އެވެ. އަދި އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.