ސޮނެވާފުށި އަދި ފެއިމްސް ޔުނައިޓެޑް ފޯރިގަދަ މެޗަކަށް ނިކުންނަނީ

މިދިޔަ އަހަރު ފެއިމްސް ޔުނައިޓެޑާއި ސޮނެވާފުށި ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފައިލް ފޮޓޯ
މިދިޔަ އަހަރު ފެއިމްސް ޔުނައިޓެޑާއި ސޮނެވާފުށި ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފައިލް ފޮޓޯ

މިހާރު އޭދަފުށީގައި ކުރިއަށްދާ ބ. އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުގެ ޗެމްޕިއަން ސޮނެވާފުއްޓާއި މުބާރާތަށް ވަރުގަދައަށް ތައްޔާރުވި ފެއިމްސް ޔުނައިޓެޑް މިއަދު ބައްދަލުކުރާ މެޗު ވެގެންދާނީ ވާދަވެރި ކުރިމަތިލުމަކަށެވެ.

ސޮނެވާފުށިން ކުއާޓަރ ގެ ޖާގައެއް މިހާރުވެސް ކަށަވަރުކޮށްފައިވާއިރު ފެއިމްސް ޔުނައިޓެޑަށްވެސް މިހާރު ވަނީ ކުއަޓަރ ގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރު ވެފައެވެ. ފެއިމްސް އަށް ކުއަޓަރގެ ޖާގައެއް ގެއްލޭނެ ހަމައެކަނި ގޮތަކީ ބޮޑު ތަފާތަކުން ސޮނެވާފުށި އަތުން ބަލިވުމެވެ.

މިއަދުގެ މެޗު އެންމެ ހާއްސަވަނީ ވޭތުވެދިޔަ 10 ވަރަކަށް އަހަރު ސޮނެވާފުއްޓަށް ކުޅުމަށްފަހު މިފަހަރުގެ މުބާރާތަށް ފެއިމްސް އަށް ބަދަލުވެފައިވާ ތިން ކުޅުންތެރިންނަށެވެ. ސޮނެވާފުށި މިދިޔަ ދެއަހަރު ޗެމްޕިއަންކަން ހޯދިއިރު އެންމެ މޮޅު ކުޅުމެއްދެއްކި އަޒްމީން އަބްދުއްސައްތާރާއި އެޓީމުގެ ގޯލު ބެލެހެއްޓި އާދަމް ނިޒާމް (ކިތުނާ) މިއަދު ކުޅޭނީ އެކުޅުންތެރިން ނިސްބަތްވާ ރިސޯޓާއި ދެކޮޅަށެވެ. އަދި ސޮނެވާގެ ފުޓްބޯޅައިގެ ކާމިޔާބު ތާރީޚާއި އެންމެ ބޮޑަށް ގުޅިފައިވާ އަބްދުލް މަޖީދު އިބްރާހީމް (މަޖިއްޓޭ) މިއަދުގެ މެޗަށް ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑް ވެފައިވާތީ ފެއިމްސް ޓީމުން މަޖިއްޓޭ ނުފެންނާނެވެ.

ކޮންމެއަކަސް މުހިއްމު ތިން ކުޅުންތެރިން ދޫކޮށް ދިއަޔަސް ތަށި މިލްކު ކުރަން ނިކުންނަ ސޮނެވާއިން ވަނީ މިފަހަރުގެ މުބާރާތަށްވެސް ވަރުގަދަ ޓީމެއް އެކުލަވާލާފައެވެ. ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް އެޓީމުގެ ސްކޮޑަށް އިތުރުކޮށް މިފަހަރުގެ މުބާރާތްވެސް ކާމިޔާބު ކުރެވިދާނެކަން އެޓީމު މިހާތަނަށް ވަނީ ދައްކުވައިދީފައެވެ.

ސޮނެވާފުއްޓާއި އެކު މި ގްރޫޕްގައި ދެން ހިމެނޭ ޔުނައިޓެޑް ވީ އިންވެސް ކުއަޓަރގެ ޖާގައެއް މިހާރު ކަށަވަރު ކޮށްފައިވާއިރު، މިއަދުގެ މެޗުން ބަލިވެއްޖެ ނަމަ ފެއިމްސް އަށް ކުއަޓަރގެ ޖާގައެއް ލިބޭނީ 3 ވަނަ ހޯދާ އެންމެ ރަގަޅު ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. މިދެޓީމު ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު 5 ޖަހާއިރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.