ފެއިމްސް ޔުނައިޓެޑުން ޗެންޕިއަން ސޮނެވާ ބަލިކޮށްފި

މިއަދު ކުޅުނު ފުރަތަމަ މެޗްގައި ކިހާދް މޯލްޑިވްސް އާއި ރޯޔަލް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ކުޅުނު ފުރަތަމަ މެޗްގައި ކިހާދް މޯލްޑިވްސް އާއި ރޯޔަލް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިހާރު ކުރިޔަށްދާ ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ފެއިމްސް ޔުނައިޓެޑުން ޗެންޕިއަން ސޮނެވާ ބަލިކުރި އިރު ރޯޔަލް އާއި ކިހާދް މޯލްޑިވްސް ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެއެެވެ.

މިއަދު ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ރޯޔަލް އާއި ކިހާދް މޯލްޑިވްސްއެވެ. މި މެޗް ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމުވެސް ހަމަހަމަވެގެންނެވެ. މި މެޗްގައި ރޯޔަލް ޓީމުގެ ލަނޑުތަށް އެޓީމަށް ކާމިޔާބުކޮށްދިނީ އުބައިދުﷲ އަބްދުﷲ އަދި މުހައްމަދު ފަޔާޒްއެވެ. ފޯރިގަަދަ ކުޅުުމެއް ފެނިގެންދިޔަ މި މެޗްގައި ކިހާދް މޯލްޑިވްސްގެ ގޯލްތަށް ކާމިޔާބުކުރީ އަލީ ޒުބައިރް އަދި ހުސައިން ސާމިރެވެ.

މި މެޗް ގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ކިހާދް މޯލްޑިވްސްގެ ޖާޒީ ނަންބަރ 11 އަލީ ޒުބައިރެވެ.

މިއަދުގެ ދެވަނަ މެޗްގައި ސޮނެވާ އާއި ފެއިމްސް ކުޅެނީ |އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދުގެ ދެވަނަ މެޗްގައި ސޮނެވާ އާއި ފެއިމްސް ކުޅެނީ |އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިއަދު ކުޅުނު ދެވަނަ މެޗްގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެންޕިއަން ސޮނެވާ އާއި ފެއިމްސް ޔުނައިޓެޑްއެވެ. މި މެޗް 3-5 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފެއިމްސް ޔުނައިޓެޑުންނެެވެ. މި މެޗްގައި ފެއިމްސް ޔުނައިޓެޑްގެ ގޯލްތަށް ކާމިޔާބުކުރީ އަހުމަދު ލަތީފް ، އަޒްމީން އަބްދުއް ސައްތާރ ، އަބްދުﷲ ޒައީމް ، އަބްދުއް ސަލާމް ހާމިދް އަދި މުހައްމަދު ރަޝީދެވެ. ސޮނެވާ ޓީމުގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ މުހައްމަދު ލިޔާހް އަދި މަރުރޫފް މުހައްމަދެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ފެއިމްސް ޔުނައިޓެޑް ގެ ޖާޒީ ނަންބަރ 11 އަޒްމީން އަބްދުއް ސައްތާރެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކުރިޔަށް ދާނީ ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗެވެ. ފުރަތަމަ މެޗްގައި 16:05 ގައި ބައްދަލުކުރާނީ ރީތި ބީޗް ރިސޯޓާއި ކިންގްސް ޔުނައިޓެޑްއެވެ. ދެވަނަ މެޗްގައި 17:05 ގައި ބައްދަލުކުރާނީ އެކުވެރި ގައިޒް އާއި ކިހަވަށް ސްޓްރައިކާޒްއެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްވޭވް އެވެ. ބެވަރޭޖް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ކޮކާކޯލާ ކޮންޕެނީއެވެ. ޓެލްކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު ބްރޯޑްކާސްޓިން މީޑިޔާ ޕާޓްނަރަކީ ވީޓީވީ އެވެ. އަދި އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.