ކުއާޓާ ފައިނަލަށް ދަތުުރުކުރި ޓީމްތަށް ކަށަވަރުވެ، މުބާރާތް އިތުރަށް ފޯރިގަދަވެއްޖެ

މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗްގައި ކިންގްސް ޔުނައިޓެޑާއި ރީތި ބީޗް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗްގައި ކިންގްސް ޔުނައިޓެޑާއި ރީތި ބީޗް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިހާރު ބ.އޭދަފުށީގައި ފެށިގެން ކުރިޔަށްދާ ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގައި ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމްތަށް ކަށަވަރުވެ މުބާރާތުގެ ފޯރި އިތުރަށް ގަދަވެއްޖެއެވެ. ކުއާޓާ ފައިނަލަށް ދިޔަ ޓީމްތަށް ކަށަވަރު ވީ މިއަދު ހަވީރު ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗްތަށް ނިމުމުންނެވެ.

މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ރީތި ބީޗް ރިސޯޓާއި ދަރަވަންދޫގެ ކިންގްސް ޔުނައިޓެޑް ޓީމެވެ. މި މެޗް 1-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކިންގްސް ޔުނައިޓެޑުންނެވެ. މި މެޗްގައި ކިންގްސް ޔުނައިޓެޑްގެ ލަނޑުތަށް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އަނީލް ، އީމާން އިލްޔާސް ، އިސްމާއިލް އަޒްހަރް އަދި އައިމަން މުހައްމަދު ވަހީދެވެ. ރީތީ ބީޗުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އިފްހާމްއެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަަކަށް ހޮވިފައިވަނީ ކިންގްސް ޔުނައިޓެޑް ޓީމުގެ ޖާޒީ ނަންބަރ 13 އީމާން އިލްޔާސްއެވެ.

މިއަދުގެ ދެވަނަ މެޗްގައި އެކުވެރި ގައިޒް އާއި އަނަންތަރަ ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދުގެ ދެވަނަ މެޗްގައި އެކުވެރި ގައިޒް އާއި އަނަންތަރަ ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިއަދު ހަވީރު ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗްގައި ބައްދަލުކުރީ ކުޑަރިކިލުގެ އެކުވެރި ގައިޒް ޓީމާއި އަނަންތަރަ ކިހަވަށް ވިލާޒްއެވެ. މި މެޗް 1-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެކުވެރި ގައިޒް ޓީމުންނެވެ. މި މެޗްގައި އެކުވެރި ގަަައިޒް ޓީމުގެ ލަނޑުތަށް އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ނަޒީހް އަދި ހުސައިން ހަނާންއެވެ. ހަނާން ވަނީ މި މެޗްގައި 2 ލަނޑު ޖަހާފައެވެ. ކިހަވަށް ސްޓްރައިކާޒް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އުޝާމްއެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އެކުވެރި ގައިޒް ޓީމުގެ ޖާޒީ ނަންބަރ 10 ހުސައިން ހަނާންއެވެ.

މި ނަތީޖާއާއެކު މި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމްތަށް ވަނީ ކަށަވަރުވެފައެވެ. ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމްތަކަކީ ޓީމް ސޮނެވާ ، ޔުނައިޓެޑް ވީ ، ފެއިމްސް ޔުނައިޓެޑް ، ކިހަވަށް ސްޓްރައިކާޒް ، އިރުމަތި ލަވާރސް ، އެކުވެރި ގައިޒް ، ކިހާދް މޯލްޑިވްސް އަދި ކިންގްސް ޔުނައިޓެޑެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމްތަކުގެ މެދުގައި މިއަދު ހަވީރު ވަނީ ގުރުނެގުމުގެ ރަސްމީޔާތުވެސް ބާއްވާފައެވެ. މުބާރާތުގެ ފުރަތަމަ ކުއާޓާ ފައިނަލުގައި މާދަމާ ހަވީރު ބައްދަލުކުރާނީ އޭދަފުށީގެ އިރުމަތި ލަވާރސް އާއި ކުޑަރިކިލުގެ އެކުވެރި ގައިޒް ޓީމެވެ. ދެވަނަ މެޗްގައި އޭދަފުށީގެ ފެއިމްސް ޔުނައިޓެޑް ނިކުންނާނީ ދަރަވަންދޫގެ ކިންގްސް ޔުނައިޓެޑާ ދެކޮޅަށެވެ. ކުއާޓާ ފައިނަލުގެ ހަތަރުވަނަ މެޗްގައި އަންނަ ހޮނިހިރު ދުވަހު ހަވީރު 16:05 ގައި ބައްދަލުކުރާނީ ކިހަވަށް ސްޓްރައިކާޒް އާއި ޔުނައިޓެޑް ވީއެވެ. އަދި ކުއާޓާ ފައިނަލުގެ ފަހު މެޗްގައި އެދުވަހު 17:05 ގައި ސޮނެވާފުށި ނިކުންނާނީ ކިހާދް މޯލްޑިވްސް އާއި ދެކޮޅަށެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްވޭވް އެވެ. ބެވަރޭޖް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ކޮކާކޯލާ ކޮންޕެނީއެވެ. ޓެލްކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު ބްރޯޑްކާސްޓިން މީޑިޔާ ޕާޓްނަރަކީ ވީޓީވީ އެވެ. އަދި އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.