އިރުމަތި ލަވާރސް އަދި ފެއިމްސް ޔުނައިޓެޑް ސެމީ ފައިނަލަށް ދަތުރުކޮށްފި

މިއަދު ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗްގައި އިރުމަތި ލަވާރސް އަދި އެކުވެރި ގައިޒް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗްގައި އިރުމަތި ލަވާރސް އަދި އެކުވެރި ގައިޒް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިހާރު ކުރިޔަށްދާ ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ކުޅުނު ކުއާޓާ ފައިނަލުގެ މެޗް ތަކުން އިރުމަތި ލަވާރސް އާއި ފެއިމްސް ޔުނައިޓެޑް މޮޅުވެއްޖެއެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު 16:05 ބައްދަލުކުރީ ކުޑަރިކިލުގެ އެކިވެރި ގައިޒް އާއި އޭދަފުށީގެ އިރުމަތި ލަވާރސްޓީމެވެ. މި މެޗް ފަހަތުން އަރާ 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިރުމަތި ލަވާރސް ޓީމުން ނެވެ. މި މެޗްގައި ފުރަތަމަ ލަނޑު ފެނިގެން ދިޔައީ އެކުވެރި ގައިޒް ޓީމުގެ ފަރާތުންނެވެ. މި ލަނޑު ފުރަތަމަ ހާފްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ހަނާންއެވެ. އިރުމަތި ލަވާރސްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މި މެޗްގައި އެޓީމުގެ 2 ލަނޑުވެސް ކާމިޔާބު ކުރީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހަމްދާން އަބްދުއްސައްތާރެވެ. އިރުމަތި ލަވާރސް މޮޅު ކޮށްދިން ލަނޑު މެޗް ނިމެން ކުޑަތަން ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ މޫސަ ސައީދުއެވެ. މި ނަތީޖާއާއެކު އިރުމަތި ލަވާރސް މިވަނީ ސެމީ ފައިނަލުން ޖާގައެއް ކަށަަވަރުކޮށްފައެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އިރުމަތި ލަވާރސްގެ ޖާޒީ ނަންބަރ 10 މޫސަ ސައީދެވެ.

ކުއާޓާ ފައިނަލުގެ ދެވަނަ މެޗްގައި ފެއިމްސް ޔުނައިޓެޑް އަދި ކިންގްސް ޔުނައިޓެޑް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ކުއާޓާ ފައިނަލުގެ ދެވަނަ މެޗްގައި ފެއިމްސް ޔުނައިޓެޑް އަދި ކިންގްސް ޔުނައިޓެޑް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިއަދު ކުޅުނު ކުއާޓާ ފައިނަލުގެ ދެވަނަ މެޗްގައި ބައްދަލުކުރީ އޭދަފުށީގެ ފެއިމްސް ޔުނައިޓެޑާއި ދަރަވަންދޫގެ ކިންގްސް ޔުނައިޓެޑް ޓީމެވެ. މި މެޗްވެސް ފަހަތުން އަރާ 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފެއިމްސް ޔުނައިޓެޑުންނެވެ. ކިންގްސް ޔުނައިޓެޑް އިން މިމެޗްގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ނާސިފެވެ. ދެވަނަ ހާފްގައި ފެއިމްސް ޔުނަައިޓެޑުން ވަނީ ކުޅުން ރަގަޅުކޮށް 1-2 އަކަށް ނަތީޖާ ބަދަލުކޮށްލާފައެވެ. ފެއިމްސް ޓީމުގެ ލަނޑުތަށް ކާމިޔާބުކުރީ އަބްދުﷲ ޒައީމް (އައްބި) އަދި އަބްދުއްސަލާމް ހާމިދެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ފެއިމްސް ޔުނައިޓެޑްގެ ޖާޒީ ނަންބަރ 9 އަބްދުއްސަލާމް ހާމިދެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު ދެ މެޗް މާދަމާ ހަވީރު އޮންނާނެވެ. ފުރަތަމަ މެޗްގައި 16:05 ގައި ބައްދަލުކުރާނީ ކިހަވަށް ސްޓްރައިކާޒް އާއި ޔުނައިޓެޑް ވީ އެވެ. ކުއާޓާ ފައިނަލުގެ ފަހު މެޗްގައި 17:05 ގައި ބައްދަލުކުރާނީ ސޮނެވާފުއްޓާއި ކިހާދް މޯލްޑިވްސްއެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްވޭވް އެވެ. ބެވަރޭޖް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ކޮކާކޯލާ ކޮންޕެނީއެވެ. ޓެލްކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު ބްރޯޑްކާސްޓިން މީޑިޔާ ޕާޓްނަރަކީ ވީޓީވީ އެވެ. އަދި އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.