ބ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދީފި

ފަތަން ދަސްކޮށްދިނިމުގެ ޕްރޮގްރާމްގެ ތެރެއިން
ފަތަން ދަސްކޮށްދިނިމުގެ ޕްރޮގްރާމްގެ ތެރެއިން

ބ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފުލުހުން ހިންގައިފި އެވެ.

ބ. ދަރަވަންދޫ ޕޮލިސް ޑެސްކްގައި މަސައްކަތް ކުރާ ފުލުހުން އެއްމަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސްވިމިންގް ޕްރޮގްރާމް 171 ދަރިވަރުން ފުރިހަމަ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި މި ޕްރޮގުރާމްގެ މަގުސަދަކީ ބ. އަތޮޅު މަދަރުސާގައި ކިޔަވާ ދަރިވަރުންނަކީ ފަތަން ދަންނަ އަދި ކުރިމަތިވެދާނެ ކުއްލި ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވުމަށް ތައްޔާރުވެތިބި ދަރިވަރުންތަކެއް ބިނާކުރުމެވެ.

“މިއީ ބ. އަތޮޅު މަދަރުސާގެ ކުދިންގެ ސްވިމިންގ ޓެސްޓަށް އަމާޒުކޮށް އެ ކުދިންގެ ފެތުމުގެ ހުނަރު ރަނގަޅުކޮށް، އެ ކުދިންގެ ސްކޫލްގެ ޓެސްޓުން ރަނގަޅު ނަތީޖާއެއް ހޯދައިދިނުމުގެ މަޤްޞަދުގައާއި ފުލުހުންގެ މަސައްކަތާމެދު ރައްޔިތުންގެ އިތުބާރު ހޯދައި، ބ.އަތޮޅު މަދަރުސާއާއި ފުލުހުންނާއި މެދުގައި އޮންނަގުޅުން އިތުރަށް ވަރުގަދަކުރުމުގެ ގޮތުންން ކުރިއަށް ގެންދެވުނު ޕްރޮގްރާމެއް،” ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، މިދިޔަ މަހު އެއްވަނަ ދުވަހު މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބ. އަތޮޅު މަދަރުސާގެ ދަރިވަރުންނާއި، މުދައްރިސުން އަދި ބެލެނިވެރިންނަށް ހާއްސަ ޓީމް ބިލްޑިން އެކްސަސައިޒްތަކެއް ވަނީ ބާއްވައިފަ އެވެ.

ސްވިމިން ޕްރޮގްރާމްގެ ސަބަބުން ބ. އަތޮޅު މަދަރުސާގެ ސްކޫލްގެ ސްވިމިން ޓެސްޓުން ގިނަކުދިން ރަނގަޅު ނަތީޖާއެއް ހޯދާފައިވާކަން ފުލުހުން ފާހަގަކުރެ އެވެ. އަދި ފެތުމުގެ ހުނަރު ނޭނގޭ ގިނަ ކުދިންތަކަކަށް ފެތުމުގެ ހުނަރު މި ޕްރޮގްރާމުގެ ތެރެއިން އެނގިގެން ގޮސްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.