ބ އަތޮޅުން ވަރަށް ގިނަ ކޭސްތައް ރިޕޯޓް ކުރަމުން އެބަ އާދޭ: ޑރ. ނިޔާފު

ބ. އަތޮޅުހޮސްޕިޓަލު.-ފައިލް ފޮޓޯ
ބ. އަތޮޅުހޮސްޕިޓަލު.-ފައިލް ފޮޓޯ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަލުއިކަމާ އެކު މިހާރު ފެތުރެމުންދާ ވައިރަލް ހުން ޖެހިގެން ބ އަތޮޅުން ވަރަށް ގިނަ ކޭސްތައް ރިޕޯޓް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހުމާ ގުޅިގެން މިރޭ ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނިޔާފް ވިދާޅުވީ ރަށްރަށުގައި ތިބި ސިއްހީ އެހީތެރިންނަށް ޓެލެކޮންފަރެންސްގެ ޒަރީއާ އިން މި ބަލީގެ މައުލޫމާތު ދީފައިވާ ކަމަށާއި އަދި ސީރިއަސް މީހުން މާލެ ގެންނަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

“ކުޅުދުއްފުށީގައި ވެސް އެޗް1އެން1 އުޅޭކަން މިވަނީ ޔަގީން ކުރެވިފައި. ވައިރަލް އެކި ހުންތައް ބ، އަދި ރ އަތޮޅުގައި ވެސް އެބަ ހުރި އައިސްފައި.” ނިޔާފު ވިދާޅުވި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުންވެސް ބުނެފައިވަނީ އަރިދަފުހާއި ހުންޖެހިގެން އެ ހޮސްޕިޓަލަށް އަންނަ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަމަށާއި މި ފަދަ ރޯގާތައް ފެތުރުނަ ނުދިނުމަށް ހުރިހާ އެންމެންގެ އެއްބާރުލުންވެސް ބޭނުންވާކަމަށެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް؛

– ރޯގާ ޖެހިފައިވާ މީހުން ކެއްސާ ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުން،

– ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން،

– ރޯގާ ޖެހި ކެއްސާ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން އަދި ކުޑަކުދިން އެ ފަދަ ތަންތަނަށް ނުގެންދިޔުން،

– ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ގިނައިން ދިޔާ އެއްޗެހި ބޮއެ، ތިން ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.