މާފުށީ ސްކޫލު އަތުން ބަދަލު ހިފައި ގޮއިދޫ ސްކޫލުން ތަށި ނަގައިފި

ގޮއިދޫ ސްކޫލުގެ 16 އަހަރުންދަށުގެ ވޮލީ ޓީމު، ޗެމްޕިއަންކަން ހޯދީ ފަސޭހަކަމާއެކު  މާފުށި ސްކޫލު ބަލިކޮށްގެން.
ގޮއިދޫ ސްކޫލުގެ 16 އަހަރުންދަށުގެ ވޮލީ ޓީމު، ޗެމްޕިއަންކަން ހޯދީ ފަސޭހަކަމާއެކު މާފުށި ސްކޫލު ބަލިކޮށްގެން.

މާފުށީ ސްކޫލު ސީދާ ތިން ސެޓުން ބަލިކޮށް، އިންޓަރ ސްކޫލު ވޮލީބޯޅަ މުބާރާތުގެ މިދިޔަ އަހަރުގެ ފައިނަލުގައި ބަލިވި ބަލިވުމުގެ ބަދަލު ހިފައި، 16 އަހަރުން ދަށުގެ (ފިރިހެން) ވޮލީބޯޅަ މުބާރާތުގެ ތަށިވެސް ގޮއިދޫ ސްކޫލުން ހޯދައިފި އެވެ

އެމްސީއެސްސީގެ އިންޑޯ ކޯޓުގައި މިއަދު މެންދުރުފަހު ކުޅުނު ފައިނަލް މެޗުގެ ސެޓްތައް ގޮއިދޫ ސްކޫލުން ގެންދިޔައީ 25-15، 25-11 އަދި 25-18 އިންނެވެ.

މި މުބާރާތުގައި ވާދަކުރި ގޮއިދޫ ސްކޫލުގެ 16 އަހަރުން ދަށުގެ އަންހެން ޓީމުވެސް ވަނީ ޗެމްޕިއަންކަން ހޯދައި ތަށި މިލްކުވެސް ކޮށްފަ އެވެ. އެ ޓީމުން ތަށި ގެންދިޔައީ ފައިނަލުގައި ރޭ އަހްމަދިއްޔާ ސްކޫލު 3-1 ސެޓުން ބަލިކޮށްގެންނެވެ. އެ ޓީމު ވަނީ މިދިޔަ މަހު އޮތް އިންޓަ ސްކޫލް ބީޗް ވޮލީބޯޅަ މުބާރާތްވެސް ޖެހިޖެހިގެން ތިން އަހަރު ކާމިޔާބުކޮށް ތަށި މިލްކުކޮށްފަ އެވެ.

ގޮއިދޫ ސްކޫލުން ބުނީ، ކުޅިވަރުތަކުން ހޯދާ ކާމިޔާބީތަކުގެ ފަހަތުގައި އެރަށުގެ ރައްޔިތުންގެ އެކުވެރިކަމާ، އެއްބައިވަންތަކަށް މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.

ގޮއިދޫން ވަނީ ދެ ޖިންސުގެ އެތްލީޓުންނާއި ވޮލީބޯޅަ އާއި ފުޓްބޯޅައިގައި ކުރިއަރަމުން ރަންވަނަ ހޯދަމުންދާ ކުޅުންތެރިން އުފައްދާފަ އެވެ. އަދި ކުރިމަގުގައި ސްކޭޓް ކުރުމަކީ އެ ރަށުގައި ވިދާލާނެ ހުނަރެއްކަމުގައި ބެލެވޭ ވެއެވެ. މީގެ އިތުރުން މޫދުގައި ކައިޓްސާފިން އަކީ ވެސް އެރަށުގައި މިހާރު ވަރަށް ފޯރިއާއެކު ކުރަމުން އަންނަ ކަމަކެވެ. އެގޮތުން ކައިޓްސާފިންގައި ރާއްޖޭން ބޭރުގައި ވާދަކުރެވިދާނެ ވަރުގަދަ ހުނަރުވެރިންވެސް އެރަށުން ވިދާލުން އެކަށީގެންވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.