ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ޗެންޕިއަންކަން ފެއިމްސް ޔުނައިޓެޑް ހޯދައިފި

ޗެންޕިއަން ޓްރޮފީއާއެކު ފެއިމްސް ޔުނައިޓެޑްގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިގެން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ޗެންޕިއަން ޓްރޮފީއާއެކު ފެއިމްސް ޔުނައިޓެޑްގެ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިގެން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ.އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ޗެންޕިއަންކަށް ފެއިމްސް ޔުނައިޓެޑް ހޯދައިފިއެވެ.

މިއަދު ހަވީރު އޭދަފުށި ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗް ފެއިމްސް ޔުނައިޓެޑް ކާމިޔާބުކުރީ 0-6 ގެ ނަތީޖާއަކުން އިރުމަތި ލަވާރސް ބަލިކޮށްގެންނެވެ. ފެއިމްސް ޔުނައިޓެޑްގެ ލަނޑުތަށް އެޓީމަށް    ކާމިޔާބުކޮށްދިނީ  އަޒްމީން އަބްދުއް ސައްތާރ، އަބްދުﷲ ޒައީމް، އަބްދުއް ސަލާމް ހާމިދް އަދި އިޝާން އިބްރާހިމްއެވެ. މި މެޗްގައިި އަބްދުﷲ ޒައީމް އަދި އަބްދުއް ސަލާމް ހާމިދް ވަނީ 2 ލަނޑު ކާމިޔާބުކޮށްފައެވެ. މި މެޗްގައި އިރުމަތި ލަވާރސްއަށްވެސް ވަނީ ގޯލް ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފައެެވެ. އެހެންނަމެސް އޭގެން އެއްވެސް ހަމަލާއެއް ގޯލްގެ ތެރެއަށް ފޮނުވާލެވިފައެއްނުވެއެވެ.

ފައިނަލް މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ފެއިމްސް ޔުނަައިޓެޑްގެ ޖާޒީ ނަންބަރ 12 އިޝާން އިބްރާހިމްއެވެ.

މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އިރުމަތި ލަވާރސް ގެ ކޯޗް އަފްހަމް ރަޝިދުއެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ކިހާދް މޯލްޑިވްސް ހޮވުނު އިރު އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމް ލިބުނީ ޔުނަަައިޓެޑް ވީ ގެ އަޔާޒް އަހުމަދަށެވެ. އޭނާ ވަނީ މި މުބާރާތުގައި 9 ލަނޑު ޖަހާފައެވެ. މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިނަކީ ފެއިމްސް ޔުނައިޓެޑް ގެ އާދަމް ނިޒާމް ، އަބްދުއް ސަލާމް ހާމިދް ، އިޝާން އިބްރާހިމް އަދި އިރުމަތި ލަވާރސް ގެ ހަމްދާން އަބްދުއް ސަައްތާރ އާއި ޝާހީ މޫސާއެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެއިމްސް ޔުނައިޓެޑްގެ އިޝާން އިބްރާހިމްއެވެ.

މިއީ ފެއިމްސް ޔުނައިޓެޑުން މި މުބާރާތް ކާމިޔާބުކުރި 2 ވަނަ ފަހަރެވެ. މި މުބާރާތް ބޭއްވި ފުރަތަމަ އަހަރު ޗެންޕިއަންކަން ހޯދާފައިވަނީ ފެއިމްސް ޔުނައިޓެޑެވެ. ޖެހިގެން އައި 2 އަހަރު މި މުބާރާތް ކާމިޔާބުކުރީ ސޮނެވާފުއްޓެވެ. މިއީ ކްލަބް ދަ ބިގިނާރސް އިން މި މުބާރާތް ބޭއްވި 4 ވަނަ އަަަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.