ހުމާއި ރޯގާގެ ސަބަބުން މިނިވަން ޗެމްޕިއަންޝިޕްވެސް ފަސްކޮށްފި

މިިދިޔަ އަހަރުގެ މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލުގައި އޭދަފުއްޓާއި ތިމަރަފުށި ކުޅެނީ | ފޮޓޯ:އިމޭޖަސް.އެމްވީ
މިިދިޔަ އަހަރުގެ މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލުގައި އޭދަފުއްޓާއި ތިމަރަފުށި ކުޅެނީ | ފޮޓޯ:އިމޭޖަސް.އެމްވީ

މިހާރު ރާއްޖޭގައި ފެތުރެމުންދާ އެޗް.ވަން.އެން.ވަން އާއި ގުޅިގެން ވަކި މުއްދަތެއް ނެތްގޮތަށް މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފަސްކޮށްފި އެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ އެސޯސިއޭޝަން އިން ރާވާ ހިންގާ މުބާރާތްތަކުގެ ތެރެއިން މާލެ ލީގާއި ހުރިހާ އުމުރުފުރާތަކުގެ އިންޓަރ ސްކޫލް މުބާރާތްތަކާއި މިނިވަން ޗެމްޕިއަންޝިޕް ލަސްކުރަން ނިންމާފައިވާކަމަށެވެ.

އެ އެސޯސިއޭޝަންއިން އެގޮތަށް ނިންމީ ބަލި ފެތުރެނީ އެއް ސަރަހައްދަށް ވުރެ ގިނަ ސަރަހައްދުތަކުގައިކަމަށް ވުމާއި، އެބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާކަމަށް މިނިސްޓްރީ އޮފް ހެލްތުން އިޢުލާން ކުރުމާއި ގުޅިގެންނެވެ.

މިނިވަން ޗެމްޕިއަންޝިޕްގައި ބ. އަތޮޅުން ބައިވެރިވި ޗެމްޕިއަން އޭދަފުއްޓާއި ދަރަވަންދޫ ބައްދަލުކުރާމެޗު ކުރިން ކުޅޭގޮތަށް ހަމަޖައްސާފައިވަނީ އަންނަ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުއެވެ. ނަމަވެސް އެހެން އަތޮޅުތަކުގެ މެޗުތައް މިމަހު ކުޅޭ ގޮތަށްވެސް ވަނީ ޝެޑިއުލް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.