ބ. އަތޮޅުގައި ސްވައިން ފްލޫގެ ކޭސްއެއް ނެތް: އެޗްޕީއޭ

ބ. އަތޮޅުހޮސްޕިޓަލު. ސްވައިން ފްލޫގެ އެއްވެސް ކޭސްއެއް މިއަތޮޅުގައި ނެތް.
ބ. އަތޮޅުހޮސްޕިޓަލު. ސްވައިން ފްލޫގެ އެއްވެސް ކޭސްއެއް މިއަތޮޅުގައި ނެތް.

ބ. އަތޮޅުގައި ސްވައިން ފްލޫގެ އެއްވެސް ކޭސް އެއް ނެތްކަމަށް މިރޭ ސަރުކާރުން އާންމުކުރި މައުލޫމާތުތަކުން ދައްކައިފި އެވެ.

އެޗްޕީއޭއިން އާއްމުކުރި މައުލޫމާތު ދައްކާގޮތުން ބ. އަތޮޅުން ހުމާއި ރޯގާ ޖެހިގެން އިއްޔެ 56 މީހުން ޑޮކްޓަރަށް ދައްކާފައިވާއިރު، އޭގެ ތެރެއިން އެެއްވެސް މީހަކު އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިފައިފައެއް ނުވެ އެވެ.

އެޗްޕީއޭއިން އާއްމުކުރި މައުލޫމާތު ދަކުން ދައްކާގޮތުން މި ސަރަހައްދުން އެންމެގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވަނީ ރ. އަތޮޅުންނެވެ. އެގޮތުން އެ އަތޮޅުން 157 މީހުން ޑޮކްޓަރަށް ދައްކާފައިވާއިރު އޭގެ ތެރެއިން އެކަކު އެޑްމިޓްކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

އެ މައުލޫމާތުތައް ދައްކާ ގޮތުން ރާއްޖެއިން ސްވައިން ފްލޫ އަށް އިތުރު 31 މީހަކު ޕޮޒިޓިވްވެ، މި ބަލި ޖެހުނު މީހުންގެ އަދަދު މިރާރުވަނީ 82 އަށް އިތުރުވެފަ އެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ހުމާއި ރޯގާގައި، ބ. އަތޮޅުގައި ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. ސާހިބާ

    ތަނުގެ މުއައްޒަފުންނަކީ ބަލިމީހުންނަށް އޯގާތެރި އަޅާލާ ބަޔަކަށް ވާންޖެހޭ ! ބަލިމީހާއާއި އެހީތެރިން ހާސްވާގޮތަށް ވާހަކަދެއްކުމާއި މާޔޫސްވާފާޑަށް ޢަމަލުތައް ބެހެއްޓުމުމަކީ ތަނުގެ އަގު ވެއްޓޭކަމެއް! މޮޅުމީހުންނަށް މޮޅުގޮތް ދެރަމީހުންނަށް ދެރަގޮތް ނުހަދާ ހަމަޔާ އިންސާފަށް ލޯބިކުރަން ދަސްކުރާންވެއްޖެ! އވަސްކޮށްފާ މާލެ ނޫނީ އުނގޫފާރަށް ދާން އަންގާނީ ކީއްކުރާތަނެއތީ! ބޭނުންވަނީ ޝެރޯޒާ، އަދި އައިޝަތު ކަހަލ ހިތްހެޔޮ ބޭފުޅުން.

    ރައްދު
  2. ސާހިބާ

    އަތޮޅު ހޮސްޕިޓލުން ހަދާ ޓެސްތްތަކުން ޕޮޒިޓިވްވެގެން މާލެ ދާންޖެހިގެން ގޮސް ޓެސްޓް ހަދާއިރު ޕޮޒިޓިވްކަމަކަށް ނުވޭ! ތި އެއްވެސް ތޔާކު ްތާކު ޖެހޭ ތަނެއް ނޫން ނޭނގޭނެ ! މީހާ މަރިވިޔަސް މީހަކު ވިހަންދާއިރަށް އަވަސްކޮށްފާ ފަޅާނީ ހުރިހާ ފިރިހެނުންއިރުއިރުކޮޅުން ގޮސް އަންހެންމީހާގެ ޢައުރާ ބަލާނެ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.