ފަރުވާއަށް އޭދަފުށިން މާލެދިޔަ މީހަކު އެޗް1އެން1 އަށް ޕޮޒިޓިވް؟!

އައިޖީއެމްއެޗުން ހިދުމަތް ހޯދުމަށްފަހު ބަޔަކު ނިކުންނަނީ. ހުން ޖެހޭ މީހުންގެ އަދަދު ބ. އަތޮޅުގައި ވަރަށް ބޮޑަށްވަނީ މަތިވެފައި.-- ފޮޓޯ: ނިޝާން އަލީ/މިހާރު
އައިޖީއެމްއެޗުން ހިދުމަތް ހޯދުމަށްފަހު ބަޔަކު ނިކުންނަނީ.  އޭދަފުށިންހުން ޖެހިގެން މާލެގޮސް ޓެސްޓްކުރި މީހަކު ވަނީ ޕޮޒިޓިވް ވެފައި.– ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ހުމުގެ ރޯގާ ޖެހިގެން ބ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު، މާލެ ގެންގޮސް ޓެސްޓްކުރި މީހަކު އެޗް1އެން1 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

ނަމަވެސް އޭނާ އެޗް1އެން1 އަށް ޕޮޒިޓިވް ވެފައިވާކަން ނުވަތަ ނޫންކަން ރަސްމީ އެއްވެސް ފަރާތަކުން އަދި ޔަގީން ނުކޮށްދެ އެވެ.

އީޓީއަށް އެނގިފައިވާ ގޮތުގައި 23 އަހަރުގެ އެ ޒުވާނާއަށް ހުން ޖެހިގެން ބ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެ އާއިލާގެ މީހަކު ބުނި ގޮތުގައި ހުން ރަނގަޅުނުވެގެން އެޗް1އެން1 އަށްް ޝައްކު ކުރެވޭތީ ޓެސްޓްހެދުމަށް އޭނާ މާލެ ގެންގޮސް އައިޖީއެމްއެޗް ގައި އެޑްމިޓް ކުރީ އިއްޔެ އެެވެ.

“ރަށުން އެއްގޮތަކަށްވެސް ހުން ރަނގަޅު ނުވެގެން، އެޗް1އެން1 ޓެސްޓް ނުހެދޭތީ އިއްޔެ މާލެ ގެނެސް ޓެސްޓް ހެދީ. ރޭ ދަންވަރު ނަތީޖާ ލިބުނީ. ޑޮކްޓަރު ބުނީ މިހާރު މިއުޅޭ ރޯގާއަށް އޭނާ ޕޮޒިޓިވް ކަމަށް،” އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

 

“މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުން،”

 

މާލެ އާއި އެކި އަތޮޅުތަކުގައި ވަރަށް ބާރަށް ހުން ފެތުރެމުންދާއިރު ސްވައިން ފްލޫ އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އެ ބަލީގައި މިހާތަނަށް ދެ މީހަކު ވަނީ މަރުވެފަ އެވެ.

ނޭވާލުމުގެ ނިޒާމުގައި މައްސަލަތަކެއް ހުންނަ އަންހެނަކު ހުން ޖެހިގެން ބ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށް މިދިޔަ ބުދަ ދުވަހުގޭ ރޭ ފަތިހު ވަނީ މަރުވެފަ އެވެ. އެހެން ނަމަވެސް އޭނާ މަރުވީ ކޮން ސަބަބަކާ ހުރެ ކަމެއް، އަދި އޭނާ އެޗް1އެން1 އަށް ޕޮޒިޓިވް ކަމެއް އަދި ސާފެއް ނުވެ އެވެ.

އެޗްޕީއޭއިން އިއްޔެ އާއްމުކުރި މައުލޫމާތުތަކުން، ހުކުރު ދުވަހާ ހަމައަށް 114 މީހުން ސްވައިން ފްލޫއަށް ޕޮޒިޓިވް ވި އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.