ފަސްކުރި މިނިވަން ޗެންޕިއަންޝިޕް ބުރާސްފަތި ދުވަހު ފަށަނީ

މިދިޔައަހަރުގެ މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލް މެޗްގެ ތެރެއިން | ފޮޓޯ:އިމޭޖަސް.އެމްވީ
މިދިޔައަހަރުގެ މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލް މެޗްގެ ތެރެއިން | ފޮޓޯ:އިމޭޖަސް.އެމްވީ

ހަލުވިކަމާއެކު ރާއްޖޭގައި މިހާރު ފެތުރެމުންދާ އެޗްވަންއެންވަން އިންފްލުއެންޒާއާ ގުޅިގެން ވަކި މުއްދަތެއްނެތް ނެތްގޮތަށް ފަސްކުރި މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެފްއޭއެމުން ބުނެފިއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މި މުބާރާތާ ބެހޭގޮތުން ސަން ސްޕޯޓްސް އަށް ދިން އިންޓަވިއު އެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ސިއްހީ ދާއިރާތަކުގެ ލަފާގެ މަތިން ފަސްކުރެވިފައިވާ އަތޮޅު މުބާރާތް ބުރާސްފަތި ދުވަހު ފެށުމަށް އެކްސްކޯގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

“އަޅުގަނޑުމެން ވިސްނަމުން މިދަނީ، އަންނަ ބުރާސްފަތީގައި މިނިވަން ޗެމްޕިއަންޝިޕް ފެށުމަށް. މިކަމާ ގުޅޭ ގޮތުން ސިއްހީ ދާއިރާތަކުގެ ލަފާވެސް ހޯދަމުން މިދަނީ،” ބައްސާމް ވިދާޅުވިއެވެ.

އަތޮޅުތަކުގެ ފުޓްބޯޅަ މުބާރާތް ފެށުމަށް ކުރީން ހަމަޖެހިފައި އޮތީ، މި މަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް، ނިމިދިޔަ ހަފްތާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު އަރިދަފުހާއި ހުމުގެ ރޯގާއެއް ފެތުރެމުން ދިއުމާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އެފްއޭއެމުން ވަނީ، އެ އެސޯސިއޭޝަނުން ކުރިއަށް ގެންދާ މިސީޒަންގެ މާލޭ ލީގާއި، އިންޓާ ސްކޫލް ފުޓުބޯޅަ މުބާރާތް މެދުކަނޑާލައި، މިނިވަން ޗެމްޕިއަންޝިޕް މުބާރާތް ފަސްކޮށްފައެވެ.

މިދިޔައަހަރު މި މުބާރާތުގެ ފައިނަލުގައި އޭދަފުށީ ޓިމުގެ ސަޕޯޓަރުން ގަލޮޅު ދަނޑުގައި | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިދިޔައަހަރު މި މުބާރާތުގެ ފައިނަލުގައި އޭދަފުށީ ޓިމުގެ ސަޕޯޓަރުން ގަލޮޅު ދަނޑުގައި | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިއަހަރުގެ މިނިވަން ޗެންޕިއަން ފުޓްބޯޅަ މުބާރާތުގައި ޖުމްލަ 81 ރަަށަކުންވަނީ ބައިވެރިވެފައެެވެ. ބ.އަތޮޅުން މިއަަހަރު މި މުބާރާތުގައި ބައިވެރިވެފައިވަނީ ދަަރަންދޫއާއި ޗެންޕިއަން އޭދަފުއްޓެވެ. އޭދަފުއްޓާއި ދަރަވަންދޫ ކުޅެންޖެހޭ 2 މެޗް ކުޅުމަށް ތަވާލްކޮށްފައިވަނީ އަންނަ އޭޕްރިލް މަހުގެ 5 ވަނަ ދުވަހާއި 8 ވަނަ ދުވަހުއެެވެ. އެެހެންނަމަވެސް އެޗްވަންއެންވަން އިންފްލުއެންޒާއާ ގުޅިގެން މުބާރާތް ފެށުން ފަސްކުރުމުން މުބާރާތުގެ ޝެޑުޔުލަށް ކޮންމެސްވަރެއްގެ ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.

އެންމެ ފަހުން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބު ކުރީ ބ. އޭދަފުށްޓެވެ. އެ ޓީމު އެ މުބާރާތް ކާމިޔާބު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ތ. ތިމަރަފުށި 1-0 ލަނޑުން ބަލިކޮށްގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.