މާރެސް އަންހެން ވޮލީ މުބާރާތް ފަށައިފި

މާރެސް ވޮލީ މުބާރާތުގައި ގޮއިދޫއާއި މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން-- އީޓީ ފޮޓޯ: ރާއިފް ޔޫސުފް
މާރެސް ވޮލީ މުބާރާތުގައި ގޮއިދޫއާއި މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން– އީޓީ ފޮޓޯ: ރާއިފް ޔޫސުފް

އަންހެނުންނަށް ޚާއްސަކޮށްގެން ބ. މާޅޮހު ރެކްރިއޭޝަން އެންޑް އެންވަޔަރަންމަންޓް ސޮސައިޓީ (މާރެސް) ގެ ފަރާތުން މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ ވޮލީ ދެވަނަ ވޮލީ މުބާރާޓް މިއަދު ހަވީރު ފަށައިފި އެވެ.

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި މިއަހަރު ޖުމްލަ ފަސް ޓީމު ވާދަކުރެ އެވެ. އެއީ މާޅޮހުގެ އިތުރުން ދަރަވަންދޫ، ދޮންފަން، ގޮއިދޫ އަދި ކަމަދޫ އެވެ.

މުބާރާތް ހުޅުވައިދެއްވީ ބ. އަތޮޅު ޗީފް ޕޮލިސް ސްޓޭޝަން އިންސްޕެކްޓަ އަބްދުﷲ ޚަލީލު އެވެ.

މާރެސް ވޮލީ މުބާރާތުގައި ގޮއިދޫއާއި މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން-- އީޓީ ފޮޓޯ: ރާއިފް ޔޫސުފް
މާރެސް ވޮލީ މުބާރާތުގައި ގޮއިދޫއާއި މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން– އީޓީ ފޮޓޯ: ރާއިފް ޔޫސުފް

މުބާރާތް ހުޅުވުމުގެ ގޮތުން ހަވީރު ކުޅުނު މެޗުގައި މާޅޮސް އާ ދެކޮޅަށް ނިކުމެ ގޮއިދޫން ވަނީ މެޗު ކާމިޔާބުކޮށްފަ އެވެ. އެ ޓީމު މި މެޗު ކާމިޔާބުކޮށްފައި ވަނީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ގޮއިދޫ ޓީމުގެ ސާނިޔާ އަހްމަދު ނިޒާމް އެވެ.

މުބާރާތުގެ ދެ މެޗު މާދަމާ ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ދަރަވަންދޫ އާއި ކަމަދޫ އެވެ. މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގޮއިދޫ އާއި ދޮންފަނެވެ.

މާރެސް ވޮލީ މުބާރާތުގައި ގޮއިދޫއާއި މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން-- އީޓީ ފޮޓޯ: ރާއިފް ޔޫސުފް
މާރެސް ވޮލީ މުބާރާތުގައި ގޮއިދޫއާއި މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން– އީޓީ ފޮޓޯ: ރާއިފް ޔޫސުފް

މި މުބާރާތަކީ އަތޮޅުގައި ތިބި ވޮލީބޯޅައަށް ޝައުގުވެރިވާ އަންހެން ކަނބަލުންނަށް މުބާރާތެއްގައި ވާދަކޮށްލުމުގެ ފުރުޞަތު ހޯދައިދިނުމުގެ އިތުރުން ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އަންހެން ވޮލީ ކުޅުންތެރިންގެ ހުނަރު އިތުރު ގޮތުން މާރެސް ޖަމިއްޔާއިން ފެށި މުބާރާތެކެވެ.

މީގެ އިތުރުން ފިރިހެން ވޮލީއެކޭ އެއްފަދައިން އަންހެން ވޮލީވެސް ކުރިއަރާ މީހުންގެ މެދުގައި މިހާރަށް ވުރެ މަޤްބޫލު ކުޅިވަރަކަށް ހެދުމަކީ އުއްމީދެއް ކަމަށް މާރެސް ޖަމިއްޔާ އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.