ބ. ދޮންފަނު ފަރަށް ރޭ އެރި މުދާއުފުލާ ދޯނި މިއަދު ހަވީރު ފުންކޮށްފި އެވެ.
ދޮންފަނު ކައުންސިލްގެ މެމްބަރު ހުސައިން ހަފީޒު ވިދާޅުވި ގޮތުގައިި އެލްއެފް ކޮންސްޓްރަކްޝަންގެ އެ ދޯނި ފުންކުރީ ދޯނީގެ ފަޅުވެރިންނާއި ދޮންފަނު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން މިއަދު ހަވީރު އެވެ.
ދޯނި ފަރަށް އެރީ ދޮންފަނު މިސްކިތް ހެދުމަށް ބޭނުންވާ ސާމާނު އެރަށަށް ބޭލުމަށްފަހު، އެނބުރި މާލެ ދާން ފުރި ތަނާ އެވެ. އެ ދޯނި ފުން ކުރުމުގެ މަސައްކަތް ކައުންސިލާއި، ރައްޔިތުން ގުޅިގެން ރޭ ފަތިހު 5:30 ވަންދެން ކުރިއެވެ. ނަމަވެސް ދިޔަވަރު ހިކިކަމުން ދޯނި ފުންކުރެވޭގޮތް އޭރުވަނީ ނުވެފަ އެވެ.