ކިހާދޫގައި ހިންގި ގާރީ ކޯސް 53 މީހަކު ފުރިހަމަކޮށްފި

ކިހާދޫގައި ހިންގި ގާރީ ކޯސް ލެވެލް އެކަކުން ގްރެޖުއޭޓްވި ދަރިވަރިން. ފޮޓޯ: ކިހާދޫ ކައުންސިލް
ކިހާދޫގައި ހިންގި ގާރީ ކޯސް ލެވެލް އެކަކުން ގްރެޖުއޭޓްވި ދަރިވަރިން. ފޮޓޯ: ކިހާދޫ ކައުންސިލް

ބ. ކިހާދޫ ކިހާ ޖަމިއްޔާއިން އިސްނަގައިގެން އިންސްޓިޓިއުޓް އޮފް ހޮލީ ޤުރްއާނާއި އެރަށު ކައުންސިލު ގުޅިގެން ހިންގި ޤާރީ ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓްދީފި އެވެ.

މިދިޔަ އަހަރު ފަހުކޮޅުފެށި މި ކޯސް ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެވެ. މިއީ އެމްކިޔުކޭ ގަބޫލުކުރާ ސެޓްފިކެޓް ލެވެލް އެކެއްގެ ކޯހެކެވެ. ކިހާދޫގެ 53 މީހުން މި ކޯސް ފުރިހަމަ ކުރިއެވެ.

ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނީ ރޭ ކިހާދޫ ސްކޫލުގައި ބޭއްވި ހަފުލާއެއްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކޮލިފައިޑް އިސްލާމު ޓީޗަރު އިބްރާހިމް މުހައްމަދު އެވެ. އެ ހަފުލާގައި އިންސްޓިޓިއުޓް އޮފް ހޮލީ ޤުރްއާނުގެ ފަރާތުން ހެޑް އޮފް އެކަޑެމިކް އަލްއުސްތާޒު އަލީ ޒިޔާދުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކިހާދޫގައި ހިންގި ގާރީ ކޯސް ލެވެލް އެކަކުން ގްރެޖުއޭޓްވި ދަރިވަރިން. ފޮޓޯ: ކިހާދޫ ކައުންސިލް
ކިހާދޫގައި ހިންގި ގާރީ ކޯސް ލެވެލް އެކަކުން ގްރެޖުއޭޓްވި ދަރިވަރިން. ފޮޓޯ: ކިހާދޫ ކައުންސިލް

ކިހާދޫ ކައުންސިލުން ބުނީ، އަންނަ އާދީއްތަ ދުވަހު ލެވެލް 1 ގެ އިތުރު ކޯހަކާއެކު ލެވެލް ދޭއްގެ ކޯހެއް 80 ބައިވެރިންނާ އެކު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.