ރޯގާ ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު ދަށަށް

ބ. އަތޮޅު ހޮސްޕިޓަލަށް ފަރުވާ ހޯދަން ގޮސްތިބި ބަޔަކު މިއަދު މަޑުކޮށްލައިގެން، ހުމާއި ރޯގާ ޖެހިގެން ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން
ބ. އަތޮޅު ހޮސްޕިޓަލަށް ފަރުވާ ހޯދަން ގޮސްތިބި ބަޔަކު  މަޑުކޮށްލައިގެން، ހުމާއި ރޯގާ ޖެހިގެން ދައްކާ މީހުންގެ އަދަދު މިހާރު ދަށްވެއްޖެ

ރާއްޖޭގައި ހަލުއިކަމާއެކު މިހާރު ފެތުރެމުންދާ ހުމުގެ ރޯގާ ޖެހިގެން ބ. އަތޮޅުން ފަރުވާ ހޯދާ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމަށް ހެލްތް ޕޮރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހިސާބުތަކުން ދައްކައިފި އެވެ.

މިއަދު އާއްމުކުރި ތަފާސްހިސާބުން ދައްކާގޮތުން ރޯގާ ޖެހިގެން މިއަތޮޅުން އިއްޔެ 37 މީހުން ޑޮކްޓަރަށް ދެއްކިއިރު އޭގެ ކުރީ ދުވަހު 55 މީހުން ވަނީ ޑޮކްޓަރަށް ދައްކައިފަ އެވެ.

އެ ހިސާބުތަކުން ދައްކާގޮތުގައި އަތޮޅުތަކުގެ ތެރެއިން ރޯގާ މިހާރު އެންމެ ބޮޑަށް ފެތުރެނީ ދެކުނުގެ އަތޮޅުތަކުގަ އެވެ.

ހުމުގެ ރޯގާ ޖެހިގެން ބ. އަތޮޅު ހޮސްޕިޓަލަށް ދެއްކި ދެ މީހަކު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އެ ދެމީހުން އެޗްވަންއެންވަން އަށް ޕޮޒިޓިވް ކަމެއް ރަސްމީ އެއްވެސް އިދާރާއަކުން ޔަގީނެއް ނުކޮށްދެ އެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި ހިސާބުތައް ދައްކާ ގޮތުން ހުންޖެހިގެން ޑޮކްޓަރަށް ދައްކާ މީހުން މަދުވި ނަމަވެސް ސްވައިން ފްލޫ އަށް ޕޮޒިޓިވްވާ އަދަދު އަދިވެސް ދަނީ މައްޗަށެވެ. މިހާތަނަށް ޓެސްޓުކުރި 437 މީހުންގެ ތެރެއިން 155 މީހުން ސްވައިން ފްލޫ އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗް1އެން1 ޖެހިގެން މިހާތަނަށް ވަނީ ތިން މީހަކު މަރުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.