ގޮއިދޫ ޓީމު މާރެސް ވޮލީ މުބާރާތުގެ ސެމީ އަށް

ގޮއިދޫ އަންހެން ވޮލީ ޓީމު
ގޮއިދޫ އަންހެން ވޮލީ ޓީމު

އަންހެނުންގެ ވޮލީ ބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ގޮއިދޫ އަންހެން ވޮލީ ޓީމު ޖާގަ ހޯދައިފި އެވެ.

ބ. މާޅޮހުގައި ކުރިއަށްދާ ދެވަނަ މާރެސް އަންހެނުންގެ ވޮލީ މުބާރާތުގެ ސެމީ ފައިނަލުން ގޮއިދޫ ޓީމު ޖާގަ ހޯދީ ދޮންފަނު އަތުން މިރޭ ސީދާ 3 ސެޓުންް މޮޅުވެ، ހަ ޕޮއިންޓާ އެކު ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ގޮއިދޫ ޓީމުން

ސެޓްތައް ގެންދިޔައީ 25-12، 25-11 އަދި 25-11 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދޫ މޮޅު ކުޅުމެއް ދެއްކި ގޮއިދޫ ޓީމުގެ މައީޝާ އަބްދުލް ހަންނާނު އެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އެންމެފަހުގެ ޗެމްޕިއަން ދަރަވަންދޫ އަތުން ކަމަދޫ ވަނީ ސީދާ 3 ސެޓުން މޮޅުވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ކަމަދޫ ޓީމުގެ ފާތުމަތު ޝީނާ އަބްދުއްރަޝީދު އެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި މާޅޮހާ ދެކޮޅަށް ނުކުންނާނީ ކަމަދޫ އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްވޭވް އެވެ. މީގެ އިތުރުން ދިރާގުން ޓެލެކޮމް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާއިރު، އޮންލައިން މީޑިއާ ޕާޓްނަރަކީ އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.