ކަމަދޫ އަތުން ތިން ސެޓުން މާޅޮސް މޮޅުވެއްޖެ

މާރެސް އަންހެން ވޯލީ މުބާރާތުގެ ތެރެއިން
މާރެސް އަންހެން ވޯލީ މުބާރާތުގެ ތެރެއިން

ބ. މާޅޮހު މާރެސް ޖަމިއްޔާގެ އަންހެން ވޮލީބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ކަމަދޫ އަތުން ސީދާ ތިން ސެޓުން މާޅޮސް މޮޅުވެއްޖެ އެވެ.

މިއަދުގެ މެޗަށް ނުކުތްއިރު މި މެޗުން މޮޅުވެގެން ކަމަދޫއަށް ސެމީގެ ޖާގަ ޔަގީންކުރުމުގެ ފުރުސަތު އޮތެވެ. އެހެން ނަމަވެސް ތަފާތު މޮޅަށް ކުޅުނު މާޅޮސް ވަނީ ކަމަދޫގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މާޅޮހުން ސެޓުތައް ގެންދިޔައީ 25-18، 25-13 އަދި 25-14 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މާޅޮސް ޓީމުގެ އައިޝަތު މާޖިދާ އެވެ.

މާރެސް އަންހެން ވޯލީ މުބާރާތުގެ ތެރެއިން
މާރެސް އަންހެން ވޯލީ މުބާރާތުގެ ތެރެއިން

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާދަމާ ދޮންފަނާއި ދަރަވަންދޫ ކުޅޭއިރު، ސެމީއަށްދާނެ ދެ ޓީމެއް ޔަގީންވާނީ އެ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. މުބާރާތުގައި ކުޅޭނީ ސެމީގެ އެއް މެޗެވެ. ގޮއިދޫ މިހާރު މިވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ޗެމްޕިއަންޓީމަށް -/10،000ރުފިޔާ ހުށަހަޅާފައިވާ މި މުބާރާތުގެ ފައިނަލު މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްވޭވް އެވެ. މީގެ އިތުރުން ދިރާގުން ޓެލެކޮމް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާއިރު، އޮންލައިން މީޑިއާ ޕާޓްނަރަކީ “އީޓީ” އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.