ބ. އަތޮޅު ހޮސްޕިޓަލުގައި އިންފުލުއެންޒާ ވެކްސިންދޭން ފަށައިފި

17156011_789882514499059_9082315141993156574_n

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ސްވައިން ފްލޫ އާއި ހުމާއި ރޯގާ އިން ދިފާއުވުމުގެ ގޮތުން އިންފުލުއެންޒާ ވެކްސިން ދޭން ފަށާފައިވާ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ ސީނިއާ ކޮމިޔުނިޓީ ހެލްތު އޮފިސަރު ސިދުގީ އަބްދުﷲ ވިދާޅުވި ގޮތުގައިި ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ ގްރޫޕްތަކަށް އިންފުލުއެންޒާ ވެކްސިން ދޭން މިއަދު ވަނީ ފަށައިފަ އެވެ.

ވެކްސިން ދެނީ އެކި ސަބަބުތަކާ ގުޅިގެން ގުނަވަން ބަދަލުކޮށްފައިވާ މީހުންނާއި ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ އަދި ކެންސަރު ބަލީގެ ފަރުވާ ފުރިހަމަ ކޮށްފައިވާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާކުރާ، އުމުރުން ތިން އަހަރުން މަތީގެ މީހުންނާއި ޑައިލިސިސް ހަދަމުންދާ މީހުން އަދި އުމުރުން 65 އަހަރުގެ މީހުންނަށެވެ.

އެގޮތުން އައިޑީ ކާޑާއި ވެކްސިންގެ އަގަށްވާ 130ރ އަދި ޑޮކްޓަރުގެ ލިޔުން ހިފައިގެން ބ. އަތޮޅު ހޮސްޕިޓލަށް ދިއުމުން އިންފުލުއެންޒާ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ހަވީރު ތިނަކަށް ވެކްސިން ޖެހޭނެ އެވެ.

މިއަދު އިންފުލުއެންޒާ ވެކްސިން ޖަހަންގޮސްތިބި ބަޔަކު  އަތޮޅު ހޮސްޕިޓަލުގައި މަޑުކޮށްލައިގެން
މިއަދު އިންފުލުއެންޒާ ވެކްސިން ޖަހަންގޮސްތިބި ބަޔަކު އަތޮޅު ހޮސްޕިޓަލުގައި މަޑުކޮށްލައިގެން

“ވެކްސިނެއްގެ އަގަކީ 130ރ. އެކަމަކު ޖަހައިދިނުމަށް އެއްވެސް ފީއެއް ނެގުމަށް ހަމަޖެހިފައެއް ނުވޭ. ޑޮކްޓަރުގެ ލިޔުން ކަމަށް ބުނެފައި އެވަނީ ކަނޑައަޅާފައިވާ ގްރޫޕުތަކުގެ ބަލިތަކަށް ފަރުވާ ކުރަމުންދާ ކަމުގެ ލިޔުންތައް،” ސިދުގީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެކްސިން ޖެހުމުގެ ކަންކަން ކުރަމުން އަންނަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ގުޅިގެން އެ ތަނުގެ ލަފާގެ މަތިންނެވެ. އެ ހޮސްޕިޓަލުން މާބަނޑުމީހުންނަށް މިދިޔަ ހަފްތާވަނީ އެ ވެކްސިން ޖަހައިދީފަ އެވެ.

އެޗް1އެން1 ގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި މާބަނޑު މީހުންނާއި ފުއްޕާމޭ، ހިތް، ފުރަމޭ، ލޭ، ނާވަސް ސިސްޓަމް، ނިއުރޯމަސްކިއުލާ ނުވަތަ މެޓަބޮލިކް މައްސަލަތައް ހުންނަ ބޮޑެތި މީހުންނާއި ކުޑަކުދިންނަށާއި ދިފާއީ ބާރު ދެރަ ކުޑަކުދިންނާއި މީހުންނަށް އަދި ދާއިމީކޮށް ފަރުވާ ހޯދަންޖެހޭ ބަލިތައް ހުންނަ މީހުންނަށެވެ.

ރާއްޖޭގައި ހުމާއި ރޯގާއާ އެކު ސްވައިން ފްލޫ ވެސް ދަނީ ފެތުރެމުންނެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންމެފަހުން އާއްމުކުރި، އަންގާރަ ދުވަހުގެ ތަފާސްހިސާބު ދައްކާގޮތުން ސްވައިން ފްލޫ ޖެހުނު މީހުންގެ އަދަދު ވަނީ 169 އަށް އަރައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ނަންމުކިޔާ

    އެޗް1އެން1 ގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި މާބަނޑު މީހުންނާއި ފުއްޕާމޭ، ހިތް، ފުރަމޭ، ލޭ، ނާވަސް ސިސްޓަމް، ނިއުރޯމަސްކިއުލާ ނުވަތަ މެޓަބޮލިކް މައްސަލަތައް ހުންނަ ބޮޑެތި މީހުންނާއި ކުޑަކުދިންނަށާއި ދިފާއީ ބާރު ދެރަ ކުޑަކުދިންނާއި މީހުންނަށް އަދި ދާއިމީކޮށް ފަރުވާ ހޯދަންޖެހޭ ބަލިތައް ހުންނަ މީހުންނަށެވެ. (ފުލޫގެ އެއްމެ ނުރައްކާ ބޮޑު ކަމަށްބުނާ އުމުރުން 5އަހަރުން ދަށުގެ އަދި ކިޑްނީމައްސަހުންނަ ކުއްޖަކަށް ވެކްސިން ޖަހައިދެވެން ނެއްކަމަށް ބ.އަތޮޅު ހިސްޕިޓަލުން ބުނެފި)

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.