ހުމުގެ ރޯގާ ޖެހޭ މީހުންގެ އަދަދު ބ. އަތޮޅުގައި ގިނަ ވަނީ

މިއަދު އިންފުލުއެންޒާ ވެކްސިން ޖަހަންގޮސްތިބި ބަޔަކު އަތޮޅު ހޮސްޕިޓަލުގައި މަޑުކޮށްލައިގެން
މިއަދު އިންފުލުއެންޒާ ވެކްސިން ޖަހަންގޮސްތިބި ބަޔަކު އަތޮޅު ހޮސްޕިޓަލުގައި މަޑުކޮށްލައިގެން. މިއަތޮޅުގައި ހުންޖެހޭ މީހުންގެ އަދަދު އަނެއްވާވެސް ދަނީ ގިނަވަމުން

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ހުމުގެ ރޯގާ ޖެހިގެން ބ. އަތޮޅުގެ ރަށްތަކުން ރިޕޯޓު ކުރަމުން އަންނަ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވަމުން ދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމުކުރި ހިސާބުތަކުން ދައްކައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މިއަދުގެ ހިސާބުތަކުން ދައްކާ ގޮތުން ހުމާއި ރޯގާ ޖެހިގެން އިއްޔެ އެންމެ ގިނައިން ފަރުވާ ހޯދީ ބ. އަތޮޅުންނެވެ. މިއަތޮޅުން އިއްޔެ 90 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. އޭގެ ކުރީ ދުވަހު މިއަތޮޅުގެ ރަށްރަށުން ހުމަށް 26 މީހުން ފަރުވާ ހޯދިއިރު، ހޯމަ ދުވަހު އެ އަދަދު އުޅެނީ 37 ގަ އެވެ. މިއީ މި ހަފްތާތެރޭ ހުން ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.

މިއަދު އާއްމުކުރި ހިސާބުތައް ދައްކާގޮތުން އިތުރު ހަތް މީހަކު އެޗް1އެން1 އަށް ޕޮޒިޓިވްވެ އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 176 އަށް އަރައިފަ އެވެ.

ރޯގާއާ އެކު ސްވައިން ފްލޫ ވެސް ފެތުރެމުން ދާތީ ސްކޫލްތައް ބަންދުކުރުމަށް ފަހު، އަންނަ އާދީއްތަ ދުވަހު އަލުން ހުޅުވާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ނިންމައިފި އެވެ.

ނަމަވެސް އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ރޯގާގެ އެއްވެސް އަލާމާތެއް ކުއްޖެއްގެ ކިބައިން ފެންނަ ނަމަ އެ ކުއްޖަކު ސްކޫލަށް ނުފޮނުވައި ވީހާވެސް އަވަހަކަށް ސިއްހީ ފަރުވާ ހޯދުމަށް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.