ފައިނަލުގެ ފަހު ޖާގަ މާޅޮހަށް

މާރެސް ވޮލީ މުބާރާތުގައި ގޮއިދޫއާއި މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން-- އީޓީ ފޮޓޯ: ރާއިފް ޔޫސުފް
މާރެސް ވޮލީ މުބާރާތުގައި ގޮއިދޫއާއި މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން. — އީޓީ ފޮޓޯ: ރާއިފް ޔޫސުފް

ބ. މާޅޮހުގައި މިހާރު ކުރިއަށްދާ މާރެސް އަންހެން ޑިވިޝަން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ މާޅޮހުން ހޯދައިފި އެވެ.

މާޅޮސް ޓީމު ފައިނަލުން ޖާގަ ހޯދީ ކަމަދޫ ޓީމާ ދެކޮޅަށް ހަވީރު ކުޅުނު ސެމީ ފައިނަލް ކާމިޔާބުކޮށްގެންނެވެ. މާޅޮސް ޓީމުން މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ގެންދިޔައީ 16-25، 14-25 އަދި 26-24 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާޅޮހު ޓީމުގެ އައިޝަތު މާޖިދާ އެވެ.

މުބާރާތުގެ ފައިނަލުގައި މާދަމާ ހަވީރު މާޅޮސް ނުކުންނާނީ ގޮއިދޫ އާ ދެކޮޅަށެވެ. އެ ޓީމު ފައިނަލުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވެ އެއް ވަނަ ޓީމުގެ ގޮތުގައި، ސެމީ ފައިނަލް ނުކުޅެ އެވެ. ގޮއިދޫން ވަނީ ގްރޫޕް ސްޓޭޖް މެޗުގައި މާޅޮސް ފަސޭހަ ކަމާއެކު މޮޅުވެފަ އެވެ.

މި މުބާރާތަކީ އަތޮޅުގައި ތިބި ވޮލީބޯޅައަށް ޝައުގުވެރިވާ އަންހެން ކަނބަލުންނަށް މުބާރާތެއްގައި ވާދަކޮށްލުމުގެ ފުރުޞަތު ހޯދައިދިނުމުގެ އިތުރުން ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އަންހެން ވޮލީ ކުޅުންތެރިންގެ ހުނަރު އިތުރު ގޮތުން މާރެސް ޖަމިއްޔާއިން ފެށި މުބާރާތެކެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްވޭވް އެވެ. މީގެ އިތުރުން ދިރާގުން ޓެލެކޮމް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާއިރު، އޮންލައިން މީޑިއާ ޕާޓްނަރަކީ “އީޓީ” އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.