މާރެސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ގޮއިދޫ އަށް

ގޮއިދޫ ޓީމުން މުބާރާތުގެ ތަށި އުފުލާލަނީ / އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން
ގޮއިދޫ ޓީމުން މުބާރާތުގެ ތަށި އުފުލާލަނީ / އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

ޓީމު މާޅޮސް 3-1 ސެޓުން ބަލިކޮށް މާރެސް އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ގޮއިދޫ ޔޫތު ސޮސައިޓީ މިއަދު ހަވީރު ހޯދައިފި އެވެ.

http://ooredooformaldives.com/

މާޅޮސް ވޮލީ ކޯޓުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ސެޓު 25-20 އިން ގޮއިދޫ ޓީމުން ކާމިޔާބުކޮށްފައިވަނިކޮށް މާޅޮސް ޓީމުން ވަނީ ދެވަނަ ސެޓް 25-13 އިން ކާމިޔާބުކޮށް ގޮއިދޫ ހާސްކޮށްލައިފަ އެވެ. އެކަމަކު ތިންވަނަ ސެޓް 25-21 އިން ކާމިޔާބުކޮށް ގޮއިދޫ ޓީމުން ލީޑު ނެގިއިރު އެޓީމު މޮޅުވީ ވާދަވެރި ކުޅުމަކަށްފަހު ފަހު ސެޓް 25-18 އިން ކާމިޔާބުކޮށްގެނެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ މާޅޮހު ޓީމަށް ކުޅުނު ގައުމީ ވޮލީ ޓީމުގައިވެސް ހިމެނޭ އައިޝަތު މާޖިދާ އާއި ގޮއިދޫ ޓީމުގެ މައީޝާ އަބްދުލް ހަންނާނު އާއި ރިޒުވާނާ އަބޫބަކުރު އާއި އައިމިނަތު ސަޒުނާގެ އިތުރުން  ކަމަދޫ ޓީމުގެ ފާތުމަތު ސީނާ އަބްދުއްރަޝީދު އަދި ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސާނިޔާ އަހްމަދު ނިޒާމު އެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން / އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން / އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ ކަމަދޫގެ އަހްމަދު ސުނާނު އަށެވެ.

ފައިނަލް މެޗަށް ފަހު ޗެމްޕިއަން ޓީމަށް ތަށި އަދި -/10،000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލު އެވެ.

DSC_2242

DSC_2292

މިއީ ބ. އަތޮޅަށް ހުޅުވާލައިގެން މާރެސް އިން މި މުބާރާތް ބޭއްވި ދެވަނަ އަހަރެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކޮށްފައިވަނީ ފަސް ޓީމެވެ. އެއީ ގޮއިދޫ އާއި މާޅޮހުގެ އިތުރުން ދަރަވަންދޫ އާއި ކަމަދޫ އަދި ދޮންފަނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.