ފެހެންދޫ އާއި ފުޅަދޫގެ ޖެޓީ ހަދަން އެމްއާރުޑީސީއާ ހަވާލުކޮށްފި

ބ.ފެހެންދޫ | އީޓީ ފޮޓޯ:ޒުހުދާ
ބ.ފެހެންދޫ | އީޓީ ފޮޓޯ:ޒުހުދާ

ބ. އަތޮޅުގައި އެންމެ އާބާދީ މަދު އަދި ލަފާފުރުމުގެ ކަންކަން އެންމެ އާދައިގެ ގޮތަކަށް ހުރި ފެހެންދޫ އާއި ފުޅަދޫގައި ޖެޓީ ހަދަންް ހައުސިން މިނިސްޓްރީން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

މިއަތޮޅުގެ މި ދެ ރަށުގެ އިތުރުން ރ. ރަސްގެތީމާއި ވ. ފުލިދޫ އާއި ރަކީދޫ އަދި މ. ރަތްމަންދޫ ގައިވެސް ޖެޓީ ހަދަން މިއަދުވަނީ އެމްއާރުޑީސީ އާ ހަވާލުކޮށްފަ އެވެ.

މި އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދާ މި މަޝްރޫގެ ދަށުގެ ދަށުުން ފެހެންދޫ އާއި ފުޅަދޫގައި ޖެޓީ ހަދަން ކޮންމެ ރަށަކަށް 2.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީި ގޮތުގައި މި ހުރިހާ ރަށެއްގެ ޖެޓީ ހަދަން ނިންމީ، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ބޭނުމުގަ އެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އެމްއާރުޑީސީން ސޮއިކުރެއްވީ އެ ތަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިމާލެވެ.

ނިމާލް ވިދާޅުވީ އެއްބަސްވުމުގައި ކަނޑައެޅިފައިވާ ގޮތަށް، އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ހަ ރަށުގެ ޖެޓީ ބޭނުން ކުރެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.